Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަހުސަން ކުޅުން ހުއްޓާލުން

ވޮލީ ތަރި އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ކުލަބު ފެންވަރުގައި ކުޅުން ހުއްޓާލަން އަހުސަން ނިންމާފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 10:45
ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން

ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން

ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެމުން އައި ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމަށް 10 އަހަރު ވަންދެން ކުޅެދިނުމަށްފަހު އުމުރުން 30 އަހަރުގެ އަހުސަން މިހާރު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ރަސްމީކޮށް އަންގާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްލް ބޮލްކަރު އަހުސަން ގައުމީ ޓީމުން ރިޓަޔާކުރިއިރު، މި މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ އެކުލަވާލި 21 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނުނެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ފައިނަލްކުރި 15 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނިފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހުސަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން، ގައުމީ ފެންވަރުގައި މިހާރު އެންމެ ރަނގަޅު ކުޅުން ދެއްކޭނެކަމަށް ގަބޫލު ނުކުރެވޭތީ އާއި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ނ. ހޮޅުދޫއަށް އުފަން އަހުސަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2008 ވަނަ އަހަރު ޖޫނިއާ ޓީމަށެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގައުމީ ސީނިއާ ޓީމުން އަހުސަން ޖާގަ ހޯދިއިރު، އޭނާ ވަނީ އެ އަހަރު ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފައެވެ.

އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި އަހުސަން ވަނީ 2013 އާއި 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއާއެކު ރިހި މެޑަލް ހޯދާފައެވެ. އަދި އޭގެ އިތުރުން އަހުސަން ވަނީ ކެރިއަރުގައި ސެންޓްރަލް ޒޯން މުބާރާތުން ދެ ލޯ މެޑަލްވެސް ހޯދާފައެވެ. އެގޮތުން އެންމެ ފަހުން ސެންޓްރަލް ޒޯނުގައި އަހުސަން ލޯ މެޑަލް ހާސިލްކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައެވެ.

ޖުމްލަ ދެ ރިހި މެޑެއްޔާއި ދެ ލޯ މެޑެއްޔާއެކު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިއިރު، އަހުސަނަކީ ރާއްޖޭގެ ވޮލީބޯޅައިގެ ހަޔާތުގައިވެސް ސަރަހައްދީ މުބާރާތެއްގައި އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހުސަން ނިންމި ނަމަވެސް، ކުލަބު ފެންވަރުގައި ކުޅުން ހުއްޓާލަން އަހުސަން އަދި ނިންމާފައެއް ނުވެއެވެ.

މުޙައްމަދު އަހުސަންގައުމީ ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2024

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި
23 އޮކްޓޯބަރު 2024

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
21 އޮކްޓޯބަރު 2024

އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން

21 އޮކްޓޯބަރު 2024
އަފްޣާނިސްތާން އިން ރާއްޖެ ބަލި ކުރީ ސީދާ ތިން ސެޓުން
10 އޮކްޓޯބަރު 2024

ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި

10 އޮކްޓޯބަރު 2024
ޤައުމީ ފިރިހެން ވޮލީ ޓީމާ ޖާޒީ ހަވާލުކޮށްފި
14 މެއި 2024

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
13 އޯގަސްޓު 2023

ފުރަތަމަ ދެ މެޗުގައި ޤައުމީ ވޮލީ ޓީމުތަކަށް ނާކާމިޔާބު

13 އޯގަސްޓު 2023
ފުރަތަމަ ދެ މެޗުގައި ޤައުމީ ވޮލީ ޓީމުތަކަށް ނާކާމިޔާބު
10 އޯގަސްޓު 2023

އެކުވެރި ކަމުގެ މެޗުތަކެއްގައި ޤައުމީ ވޮލީ ޓީމުތައް ލަންކާއާ ދެކޮޅަށް

10 އޯގަސްޓު 2023
އެކުވެރި ކަމުގެ މެޗުތަކެއްގައި ޤައުމީ ވޮލީ ޓީމުތައް ލަންކާއާ ދެކޮޅަށް
01 މާރިޗު 2023

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް
27 ފެބުރުއަރީ 2023

ސާބަސް ދިވެހިރާއްޖެ! މޮޅަށް ކުޅެ ބަލިވީ ފަހު ވަގުތު

27 ފެބުރުއަރީ 2023
ސާބަސް ދިވެހިރާއްޖެ! މޮޅަށް ކުޅެ ބަލިވީ ފަހު ވަގުތު
27 ފެބުރުއަރީ 2023

ޤައުމީ އަންހެން ޓީމާއެކު ނިޒާރު ބޮޑު ފައިނަލަކަށް: އަމާޒު ހަމައެކަނި ތައްޓަށް

27 ފެބުރުއަރީ 2023
ޤައުމީ އަންހެން ޓީމާއެކު ނިޒާރު ބޮޑު ފައިނަލަކަށް: އަމާޒު ހަމައެކަނި ތައްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު