Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިހިވެލި މައްސަލަ

ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު

2 ޑިސެމްބަރު 2021 | ބުރާސްފަތި 08:33

ސަބްލީސް އެއްބަސްވުމަށް ދެ ފަރާތުންވެސް ތަބާވުމަށް ކަނޑައަޅައިދިނުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 08:33
ރިހިވެލި ރިސޯޓް

ރިހިވެލި ރިސޯޓް

ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރެވޭނެ ހައިސިއްޔަތެއް ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 15 ފެބުރުއަރީ 2018 އެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ރިހިވެލި ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް ފްރާންސް ކުންފުނީގެ 50-50 ހިއްސާ އޮންނަ ގޮތަށް ހެދި "ސޭވް ދަ ޑްރީމް މޯލްޑިވްސް" ކިޔާ ކުންފުންޏެކެވެ. ރިހިވެލި ރިސޯޓް ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 8 މެއި 2018 ގައެވެ. އަދި މާހަލް އިން ސަބްލީސް އެގްރީމަންޓް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ސަބްލީސް ކުއްޔާއި ހެޑްލީސް ކުލި ނުދައްކާތީއެވެ.  ސަބްލީސް އެއްބަސްވުން ބާތިލުކޮށް ޓާމިނޭޝަން ނޯޓިސް ފޮނުވީ 14 ސެޕްޓެމްބަރު 2020 ގައެވެ.

މި މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ދައުވާ ކުރުމާއި ދައުވާ ރައްދު ކުރުމަކީ، ހަމައެއް ލަމައެއް ނެތި ހިތުހުރިހާ ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ދައުވާ ރައްދު ކުރުމުގައި އެ ފަރާތެއްގެ މަސްލަހަތާއި އެ ދައުވާއެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ހަމަ ހަގީގަތުގައި ވެސް ލިބިފައިވޭތޯ ބަލަންޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ މި މައްސަލަ އިސްތިއުނާފްކުރާ ފަރާތުން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް ކަނޑައަޅައި، 14 ސެޕްޓެމްބަރ 2020 ގައި މާހަލް ޓުއާރސް އިން ނެރުނު ޓާމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި، އެ ޓާމިނޭޝަން ނޯޓިސްއާ ޙަވާލާދީ ރިހިވެލި ރިސޯޓުގެ އޮޕަރޭޓިންގ ލައިސެންސް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓާ ޚިލާފުވެފައިވާތީ، އެ އެގްރީމެންޓްގެ 4 ވަނަ މާއްދާގެ ދަށުން، އިނީޝިއަލް ޕޭމަންޓްގެ ގޮތުގައި 300،000 ޑޮލަރާއި ސައިނިން ފީ އެއްގެ 500،000 ޑޮލަރު، ދަޢުވާކުރާ ފަރާތުން ދަޢުވާ ލިބޭ ފަރާތަށް ދައްކާފައިވާއިރު، އެ ފައިސާ އަނބުރާ، ދަޢުވާކުރާ ފަރާތަށް ދެއްކުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ސަބްލީސް އެއްބަސްވުމަށް ދެ ފަރާތުންވެސް ތަބާވުމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

ޝަރީއަތަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ދަޢުވާކުރުމާއި ދަޢުވާ ރައްދުކުރުމަކީ، ހަމައެއް ލަމައެއް ނެތި ހިތުހުރިހައި ގޮތަކަށް، ކުރެވެން އޮންނަކަމެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެކަމުގައި، ޒަމާނުއްސުރެ ޤާއިމުވެފައިވާ ވަކި ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އިންތަކާއި މިންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އާންމު އުޞޫލެއްގެ ގޮތުން ޠަބީޢީ ޝަޚްޞުންނާއި ޤާނޫނީ ޝަޚްޞުންނަކީ ދަޢުވާކޮށް އަދި ދަޢުވާ ރައްދުކުރެވޭނެ ބައެކެވެ. ނަމަވެސް، އޭގެ މާނައަކީ ކޮންމެ ކަމެއްގެ މައްޗަށް ކޮންމެ ޠަބީޢީ ޝަޚްޞަކަށް ނުވަތަ ޤާނޫނީ ޝަޚްޞަކަށް ދަޢުވާކޮށް އަދި ދަޢުވާރައްދުކުރެވޭނެ ވާހަކައެއްނޫން ކަމަށެވެ.

މީގެ އިތުރުން ޠަބީޢީ ޝަޚްޞުތަކުން އަދި ޤާނޫނީ ޝަޚްޞުތަކުން ދަޢުވާކޮށް ދަޢުވާ ރައްދު ކުރުމުގައި އެ ފަރާތެއްގެ މަޞްލަޙަތާއި އެ ދަޢުވާއެއް ކުރުމުގެ ޤާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ހަމަ ޙަޤީޤަތުގައިވެސް ލިބިފައިވޭތޯ ބަލަންޖެހޭނެކަމުގައި ދެކޭކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި އުއްތަމަ ފަނޑިޔާރުގެ ރައުޔު ކަމުގައިވާ "މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާ ކޯޓުތަކުން ކުރިއަށް ނުގެންދެވޭނެ" މި އިބާރާތް ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން، އިސްތިއުނާފީ މަރުޙަލާއިންވެސް އެކަމަށް ރިޢާޔަތްކުރަންޖެހޭނެކަން ވަރަށް ސާފުކޮށް އެނގެއެވެ. ދަށު ކޯޓުގެ މަރުޙަލާގައި ދަޢުވާއެއް ކުރިއަށް ގެންގޮސްފައި އޮތަތީ، ހަމައެކަނި އެ ސަބަބަށް ބަލައި، ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވާކަމަށް ބެލެވިދާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު ސުވާލަކީ ސަބްލީޒް އެއްބަސްވުން ބާތިލުކުރަން މާހަލްއިން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވި ޓާމިނޭޝަން ނޯޓިސް ސައްހަތޯ އެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ނޫން ކަމާއި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުންކަން ހުކުމުގައި ފާހަގަކުރިއެވެ.

ޝަރީއަތުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާވަނީ މާހަލް ޓުއާރސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއާ ދެމެދު އޮތް ސަބްލީސް އެގްރީމެންޓް ބާޠިލުކޮށް ފޮނުވި ޓަރމިނޭޝަން ނޯޓިސްގެ މައްޗަށް ކަމަށްވާއިރު، ބުނެވިދިޔަ އެއްބަސްވުމުގެ ބައިވެރިއެއްކަމަށް ޤާނޫނީގޮތުން ބެލެވެން ނެތް ފަރާތަކަށް އެ ނޯޓިހާ ގުޅިގެން އެ ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަކަށް، އިސްވެ ބުނެވިދިޔަ ކޮންޓްރެކްޓް ލޯ އާއި ކޮމްޕެނީ ލޯގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލި ބެލުމުން ޤަބޫލެއްނުކުރެވެއެވެ. އެހެނީ، ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އޮންނަ ވަކި ޝަޚުޞެއްކަމާއި، އަދި ކޮންޓްރެކްޓަކާ ގުޅޭ ގޮތުން ދަޢުވާކުރުމުގެ ހައިސިއްޔަތު އެ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް ލިބޭނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ސިވިލްކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ހުށަހެޅުމުގެ ހައިސިއްޔަތު އޮތްކަން ދަޢުވާކުރާ ފަރާތަށް ޤާނޫނީ ހަމައަކުން ބަޔާންކޮށްދެވިފައިވާކަމަކަށް ނުބެލެވޭ ކަމަށެވެ.

އަދި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑަށް ރިހިވެލި ބީޗް ރިސޯޓް 2042 ގެ ނިޔަލަށް މާހަލް ޓުއާރސްއިން ސަބްލީޒްކޮށްފައިވާއިރު، އެ އެއްބަސްވުން ވެފައިވަނީ މާހަލް ޓުއާރސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާހަލް ޓުއާރސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން އެނގޭ ކަމަށެވެ.

އަދި އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔައިރު ސޭވް ދަ ޑްރީމް ފްރާންސުން ތަދައްޚުލުވެ، ވަގުތީ އަމުރަކަށް އެދުމުން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެފަރާތަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުގެ ޤަޟިއްޔާގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅާ ކަމަށެވެ. މި މައްސަލަ ބެއްލެވީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު އަދި އަލީ ސަމީރެވެ.

ރިހިވެލި ރިސޯޓްހައި ކޯޓުސިވިލް ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް