Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމާޔަތްކޮށްފައިވާ ސަރަހައްދުތައް

ހިމާޔަތްކޮށްފައިވާ 73 ތަނުގެ ތެރެއިން މެނޭޖްމެންޓް ޕްލޭން ހަދާފައިވަނީ އެންމެ 5 ތަނެއްގެ

2 ޑިސެމްބަރު 2021 | ބުރާސްފަތި 08:27

ތަނެއް ހިމާޔަތްކުރެވޭ ހިސާބުން މެނޭޖްމެންޓް ޕްލޭން ހަދަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 08:27
ހަނިފަރު ބޭ

ހަނިފަރު ބޭ

ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރެއިން މެނޭޖްމެންޓް ޕްލޭން ހަދައި، ރަނގަަޅަށް ހިންގެނީ 5 ވަރަކަށް ތަން ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ނަސީރު ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމަށް މެނޭޖްމެންޓް ޕްލޭނެއް ހަދަންޖެހޭ ކަމަށެވެ. މީގެ ކުރިންވެސް މިފަދަ ތަންތަނުގައި އަމަލުކުރަން ވަކި ގަވާއިދުތަކެއް ހެދިފައި ހުރި ކަމަށާއި، އެހެންނަމަވެސް ރަނގަޅު މެނޭޖްމެންޓް ޕްލޭނެއް ހެދިފައިނުވާކަމަށެވެ.

Advertisement - newsAdvertisement

މިހާތަނަށް އައިރު ރާއްޖޭގެ 73 ސަރަހައްދެއް ހިމާޔަތްކުރެވިފައިވާއިރު، އެތަންތަނުން މެނޭޖްމެންޓް ޕްލޭން ހަދައި، ރަނގަޅަށް ހިންގެނީ 5 ވަރަކަށް ތަން ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ. އެހެންނަމަވެސް ބާކީ ހުރި ތަންތަނަކީވެސް ގާނޫނީގޮތުން ހިމާޔަތްކުރެވިފައިވާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން ހިންގާ ތަންތަން ކަމަށްވާ އައްޑޫ ނޭޗަރ ޕާކް ނުވަތަ ހަނިފަރު ފަދަ ތަންތަނަކީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެތަންތަން ހިންގަމުންދަނީ އާމްދަނީވެސް ލިބޭނެ ގޮތަކަށް ކަމަށާއި، އެ އާމްދަނީ ބޭނުންކުރެވެމުންދަނީ އެ ސަރަަހައްދުގެ ރައްޔިތުންގެ ފައިދާއަށް ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ބ. އަތޮޅުގެ ބައޮސްފިއަރ ރިޒަރވް ބަލަހައްޓަން ޚާއްސަ އޮފީހެއް ހުންނަ ފަދައިން ތަނެއް ހިމާޔަތްކުރެވޭ ހިސާބުން އެތަނެއްގެ ބެލެހެއްޓުމާއި، އަދި މިނޫންވެސް މެނޭޖްމެންޓް ކަންކަން ކުރެވެންޖެހޭ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

މީގެ ކުރިން މި ތަންތަން ބެލެހެއްޓުމަށް މިނިސްޓްރީން މުވައްޒަފުން ބޭތިއްބި ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑު ބާރެއް ލިބިފައިވުމާއެކު އެތަންތަނަކީ މިނިސްޓްރީން ބަލަހައްޓަންޖެހޭނެ ތަންތަން ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެތަންތަން ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

މިނިސްޓްރީގެ ވިސްނުމަކީ އެތަންތަން ހިމާޔަތްކުރުމަށްފަހު އެތަންތަނުގެ މެނޭޖްމެންޓް ޕްލޭން ހަދައި މިނިސްޓްރީން އެތަންތަން ބެލެހެއްޓުމެއް ނޫން ކަމަސް ޑރ. ނަސީރު ވިދާޅުވިއެވެ. މިތަންތަން ބެލެހެއްޓުުގެ މަސައްކަތް ކައުންސިލްތަކާއި، އަދިވެސް އެހެނިހެން ފަރާތްތަކާ ހަވާލުކުރަަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
31 އޮކްޓޯބަރު 2023

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"
07 އޮކްޓޯބަރު 2023

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
11 އޯގަސްޓު 2023

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި
06 އެޕްރީލު 2023

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ތައްޔާރުވެއްޖެ، އިތުރު ގޮތެއް ހޯދައިފިންތަ؟

06 އެޕްރީލު 2023
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ތައްޔާރުވެއްޖެ، އިތުރު ގޮތެއް ހޯދައިފިންތަ؟
05 އެޕްރީލު 2023

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ
17 މާރިޗު 2023

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

17 މާރިޗު 2023
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
18 ޑިސެމްބަރު 2022

5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައާއެކު، އަހަރަކު 15-20 މިލިއަން ރުފިޔާ ސަލާމަތްވާނެ

18 ޑިސެމްބަރު 2022
5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައާއެކު، އަހަރަކު 15-20 މިލިއަން ރުފިޔާ ސަލާމަތްވާނެ
18 ޑިސެމްބަރު 2022

ތަންފީޒު ނުކުރެވޭ ގާނޫނެއް އޮވެގެން ފައިދާއެއް ނެތް!

18 ޑިސެމްބަރު 2022
ތަންފީޒު ނުކުރެވޭ ގާނޫނެއް އޮވެގެން ފައިދާއެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް