Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދު

ސައިންޓިފިކް ސަރވޭތައް ނިމެމުންދާވަރަކަށް އަންނަ އަހަރު ކެބިނެޓަށް ހުށަހަޅަނީ

2 ޑިސެމްބަރު 2021 | ބުރާސްފަތި 03:48

ކޮވިޑާއި ގުޅިގެން މި މަސައްކަތް މަޑުޖެހުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޑިސެމްބަރު 2021 | ބުރާސްފަތި 03:48
ޑރ. އަބްދުﷲ ނަސީރު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ޑރ. އަބްދުﷲ ނަސީރު ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ފަސް އަހަރުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ފަޅެއް، ކަނޑޫފަލެއް، ފަރެއް، ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ ވައުދެއް ކަމަށްވާއިރު ސަރވޭތައް ނިމެމުންދާވަރަކަށް އަންނަ އަހަރު ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަމެންޓް ކްލައިމޭޓް ޗޭންޖް އެންޑް ޓެކްނޮލިޖީ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަރުގެ ސަރަހައްދު ހިމާޔާތް ކުރުމަކީ މުހިންމު ވައުދެއް ކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން މި މަސައްކަތް މަޑުޖެހުނު ކަމަށެވެ. މި މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ގޮސް ކުރަންޖެހޭ ސައިންފިކް ސަރވޭތައް ވެސް ހުންނަ ކަމަށް ވިދާޅުވިއެވެ.

މިހާރު އަރިއަތޮޅުގެ ސަރވޭ ނިންމާ، ލ. އަތޮޅުގެ ހުރިހާ ތަނެއް ވެސް ސަރވޭ މިއަހަރު ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހައްދުންމަތީގައި ހިމާޔަތް ކުރަން ބޭނުންވާ ހުރިހާ ސަރަހައްދުތަކުގެ މައުލޫމާތު އެއްކޮށް ނިންމާލާފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ.

ވަރަށް ގިނަ ތަންތާނގައި ޚާއްސަ ސިފަތައް އެބަހުރި ކަމަށާއި އެގޮތުން ލ. އަތޮޅުގައި ހުރި ކަނޑޫފާ ކުޅި ޗަސްބިންތައް ވެސް ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށީގެ ގޮތުން ތަންތަން ހިމާޔާތް ކުރުމަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ނަސީރު ވިދާޅުވީ ތަންތަން ހިމާޔަތް ކުރުމުގައި ވިސްނަން މަޖުބޫރު ކަންތައްތަކެއްވާ ކަމަށެވެ. އެގޮތުން ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް، އެންމެން އެއްބަސްވާ ގޮތަށް ކަންތައްތައް ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ.

ތަންތަން ހިމާޔަތް ކުރުމަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ ނަސީރު ވިދާޅުވީ ވަރަށް ގިނަކަންތައްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކައުންސިލާއި ކަމާއި ބެހޭ ހުރިހާ މީހުންނާއި މަޝްވަރާކޮށް، އެ މީހުންގެ އެއްބާރުލުން ވެސް ހޯދަން ޖެހޭ ކަމަށެވެ.

ފަރުތަކުގެ މުއްސަނދިކަމަށް އިޝާރާތް ކުރައްވާ ނަސީރު ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ވެސް ހިފަހައްޓާލެވުނީ ދަނޑުވެރިކަމާއި މަސްވެރިކަމުން ލިބުނު ނަފާއަކުން ކަމަށެވެ.  

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީތިމާވެށިއެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް