Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021

އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021 ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

މިރަސްމިއްޔާތުގައި 2 ދިވެހި ފޮތެއް ތައާރަފް ކުރެވިގެން ދިޔަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2021 | ބުދަ 14:13
އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021

އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021

އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021 ހުޅުވުމުގެ ރަސްމިއްޔާތު ބުދަ ދަވަހު ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވައިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 9:30ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޑޮކްޓަރ އިބްރާހިމް ލަތީފް ވިދާޅުވީ، ސްކޫލްތަކާއި މަތީ ތައުލީމު ދޭފަރާތްތަކުގައި، ޚާއްސަކޮށް ދިވެހި ފޮތްތައް ވަރަށް މަދުވެފައިވާ ކަމަށެވެ. އަދި ދިވެހި ފޮތްތައް މަދުވުމުން ވަރަށް ބޮޑު އުނިކަމެއް އޮތްކަން ވެސް ލަތީފް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި، އިލްމު އެފައްދައި، އިލްމު ފެތުރުމުގެ މަސައްކަތަކީ މުޖުތަމައަށް ކޮށްދެވޭ ވަރަށް މުހިންމު ކަމެއް ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައު ކުރިއެރުވުމަށް ފޮތްތައް ވަރަށް މުހިންމު ރޯލެއް ކުޅޭކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އާންމުކޮށް މުޖުތަމައުގައި ފެންނަން ހުންނަނީ އިނގިރޭސި ފޮތްތަކެއް ކަމަށް ލަތީފް ވިދާޅުވެފައި ވެއެވެ. ނަމަވެސް މިރަސްމިއްޔާތުގައި 2 ދިވެހި ފޮތްތަކެއް ތައާރަފް ކުރެވިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ލަތީފް ފާހަގަ ކުރައްވާފައި ވެއެވެ.

ދިވެހި ބަހުން މުޖުތަމައުގެ ނުވަތަ ދިވެހި ސަގާފަތުގެ ވާހަކަ ލިޔުމުން ނުވަތަ ކިޔުމުން އެކުރެވޭ އިހްސާސްތަކެއް އިނރޭސި ބަހަކުން ނުކުރެވޭނެ ކަމަށް ލަތީފް ވިދާޅުވެފައި ވެއެވެ. ދިވެހި މުޖުތަމައެއްގައި އިނގިރޭސި ފޮތްތައް ގިނަވެގެން ދިއުމާއި، ދިވެހި ފޮތްތައް ނުވަތަ ދިވެހި ކަންކަން އިނގިރޭސިން ލިޔެފައި ހުރުމުން، ހަގީގަތުގައި އެކަންކަން ދެނެގަތުމަށް ކުރާ އަސަރު ވަރަށް ކުޑަ ވާނެ ކަމަށް ވެސް ލަތީފް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ދިވެހި ބަހުގައި މީހާގެ ފިކުރު އުފެދިގެން އަންނައިރު، އެމުޖުތަމައެއް ދެމެހެއްޓުމުގައި އަދި މުޖުތަމައުގައި ހިނގާ ކަންތައްތައް އަންނަން އޮތް ޖީލަށް ގެންދިއުމަށް އެބައެއްގެ މާދަރީ ބަހުން އެމައުލޫމާތުތައް ހުންނަން ޖެހޭކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ އޯޑިއޯ ފޮތް ލޯންޗް ކުރުމުން ލަތީފްގެ އުންމީދަކަށް ވެފައިވަނީ މިކަހަލަ ޑިޖިޓަލް ގޮތްގޮތަށް ވެބްސައިޓްތަކަށް ދިވެހި ވާހަކަ ނެރެވި، ވެބްސައިޓްތަކުން ވެސް އަދި ޑިޖިޓަލްކޮށް، މިސާލަކަށް އެމެޒޮން ކަހަލަ ސައިޓުކަނުންވެސް ދިވެހި ފޮތްތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިޔުނިވަރސިޓީގެ ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވައިލައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ޔުނިވަރސިޓީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި ލައިބްރަރީގެ މުޅި ޓީމު ހަރަކާތްތެރި ވަމުންދާ މަންޒަރު ވަރަށް ގާތުން ފެނި ވަޑައިގެންފައިވާ ކަމަށެވެ. ލައިބްރަރީ އެއްހަރުފަތުން އަނެއް ހަރުފަތަށް ގެންދިއުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކަށް ވެފައިވަނީ އޯޑިއޯ ފޮތް ނެރުމުގެ މަސައްކަތެވެ.

އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއަ ވަގުތު ވަރަށް ބައިވަރު ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހުނުކަމަށެވެ. އޭގެ ތެރޭގައި އޯޑިއޯ ފޮތްތަކަށް އަޑު އަޅާނެ މީހެއް ނުލިބިގެން އުޅެންޖެހުނު ކަމަށްވެސް ޒަކަރިއްޔާ މޫސާ ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް މިކަމަށް ޝައުގުވެރިވެ ވަޑައިގެން ތިއްބެވި ބޭފުޅުންތަކެއް ލިބިގެން ދިޔަ ކަމަށްވެސް ޒަކަރިއްޔާ މޫސާ ފާހަގަކުރެއްވިއެވެ.

އިޤްރާ ހައިބްރިޑް ބުކް ފެއަރ 2021ގައި މާލޭގެ ތަފާތު ބުކްޝޮޕްތަކުން ވަނީ ބައިވެރި ވެފައެވެ. މީގެ ތެރޭގައި ނޮވެލްޓީ ބުކްޝޮޕްއާއި ޗާންދަލިއަރ ބުކްޝޮޕްއާއި އަސްރަޕީ ބުކްޝޮޕްއާއި ދިވެހި އެކަޑަމީން ބައިވެރިވިއެވެ.

އިސްލާމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު