Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތައް އޮޑިޓްކުރުން

ކައުންސިލްތައް އޮޑިޓް ކުރުމަށް ރާއްޖޭގެ 8 އޮޑިޓް ފާމަކާ ހަވާލުކޮށްފި

މަސައްކަތް ކުރިއަށް ގެންދާނީ ޕްރޮވިންސްތަކަށް ބަހާލައިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ޑިސެމްބަރު 2021 | ބުދަ 10:03
ރާއްޖޭގެ ކައުންސިލްތައް އޮޑިޓް ކުރުމަށް 8 ފާމަކާއި ހަވާލުކުރުން

ރާއްޖޭގެ ކައުންސިލްތައް އޮޑިޓް ކުރުމަށް 8 ފާމަކާއި ހަވާލުކުރުން

ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތައް އޮޑިޓް ކުރުމަށް ރާއްޖޭގެ އަށް އޮޑިޓް ފާމަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އޭއައިއެސް އެލްއެލްޕީ، ކައުރީ މޯލްޑިވްސް އެލްއެލްޕީ، އެފްސީ އެލްއެލްޕީ، އެފްޖޭއެސް އެސޯޗިއޭޓްސް އެލްއެލްޕީ، މެކްރޯ އެޝުއަރެންސް އެލްއެލްޕީ، އެމްއެޗްއެޕީއޭ ލްއެލްޕީގެ އިތުރުން މައިލް އެންޑް އެސޯސިއޭޓްސް އަދި ޕްރޫޑެންޓް ޗާޓާޑް އެލްއެލްޕީއާއެވެ.

ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒެވެ. ނިޔާޒު ވިދާޅުވީ މިއަދު މި ފެށިގެންދިޔައީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، މީގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ރަނގަޅަށް ބެލެހެއްޓި އިތުރަށް ޒިންމާދާރު ކުރެވިގެންދާނެ ކަމަށެވެ.

ނިޔާޒު ވަނީ މީގެ ކުރިން ލޯކަލް ކައުސިލްތަކަށް ސަރުކާރުން ކަނޑައަޅާފައިވަ ބަޖެޓާ އަޅާބަލާއިރު މިއަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން ލާމަރުކަޒީ އުސޫލުން ގައުމު ހިންގައި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، ހުރިހާ ލޯކަލް ކައުންސިލްތަކެއް އޮޑިޓަރ ޖެނެރަލްއިން އޮޑިޓް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ބިޑަށް ހުޅުވަލައިގެން ރާއްޖޭގެ އެކި އޮޑިޓް ފާމްތަކަށް މި މަސައްކަތް ހަވާލުކުރުމުގެ ސަބަބުން މިކަމަށްތަކައި ދައުލަތުން ކުރަންޖެހޭ ޚަަރަދު ކުޑަވާނެކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އިތުރު މުއައްޒަފުންތަކެއް ނަގައިގެން މި މަސައްކަތް ކުރާނަމަ ޚަރަދު މާބޮޑުވާނެ ކަމަށެވެ. މި މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން މަސައްކަތް އަވަށް ނިންމޭނެކަމަށް ނިޔާޒީ ފާހަގަކުރެއްވިއެވެ. ޕްރައިވެޓް ފާމްތަކުން ކައުންސިލްތައް އޮޑިޓް ކުރި ނަމަވެސް މިހުރިހާ މަސައްކަތެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލާނެއެވެ.

ކައުންސިލްތައް އޮޑިޓް ކުރުމުގެ މަސައްކަތް މި ފާމްތަކުން ނިންމަން ޖެހޭނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އެކި ޕްރވިންސްތަކުގެ މަސައްކަތް ކްލަސްޓާތަކަށް ބަހާލައިގެން އޮޑިޓް ކުރުމަށް މި ފާމްތަކާއި ހަވާލުކުރެވިފައިވަނީ 2020 އަދި 2021ގެ އޮޑިޓް ކުރުމަށެވެ. މި މަސައްކަތްތައް ރަނަގަޅަށް ނިމިއްޖެނަމަ ދެއް ނުވަތަ ތިން އަހަރު ދުވަހުގެ މުއްދަތަށް މި ފާމްތަކާއެކު ކޮންޓްރެކްޓް ހެދުމަށް ވަނީ ނިންމާފައެވެ.

ރާއްޖެގައި އޮޑިޓްގެ މަސައްކަތް ރަސްމީ ސސިފައެއްގައި ކުރަމުން އަންނަތާ ޑިސެމްބަރ މަހަށް ވަނީ 72 އަހަރު ވެފައެވެ. އެހެންކަމުން މި ރަސްމިއްޔާތުގެ ތެރެއިން ވަނީ އޮޑިޓް އޮފީހަށް 72 އަހަރު ފުރުން ފާހަގަ ކޮށްފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީސްކައުންސިލް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 އޮކްޓޯބަރު 2025

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

21 އޮކްޓޯބަރު 2025
އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
23 ސެޕްޓެމްބަރު 2025

ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި

23 ސެޕްޓެމްބަރު 2025
ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެތީ މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކުރުމަށް ފޭދޫ ކައުންސިލުން ސަރުކާރަށް ގޮވާލައިފި
18 ސެޕްޓެމްބަރު 2025

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

18 ސެޕްޓެމްބަރު 2025
މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
14 ސެޕްޓެމްބަރު 2025

ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް

14 ސެޕްޓެމްބަރު 2025
ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް
17 ޖުލައި 2025

ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެކި ތާރީހުތައް ދިން ނަމަވެސް އަމަލީ މަސައްކަތް ނުފެށޭ، ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލަށް ވަނީ އަންގާފައި

17 ޖުލައި 2025
ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެކި ތާރީހުތައް ދިން ނަމަވެސް އަމަލީ މަސައްކަތް ނުފެށޭ، ބިމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލަށް ވަނީ އަންގާފައި
06 ޖޫން 2025

މި ސަރުކާރުން ދެކޭ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމަކީ އިސްރާފެއް: މެންބަރު ޝަމްހީދު

06 ޖޫން 2025
މި ސަރުކާރުން ދެކޭ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމަކީ އިސްރާފެއް: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު