Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްްޑޫ ސިޓީ

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

އައްޑޫ ފޭދޫއާއި ހުޅުދޫ އަދި މީދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ލުމުން ނިމުނީ ކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 13:48
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

އައްޑޫ ސިޓީގެ ތިން ރަށުގައި ކައުންސިލްތައް އުފައްދާނެ ގޮތާއިމެދު އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމަށް ވިދާޅުވުމަށްފަހު ސަރުކާރުން ބޭނުންވާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ހާމަކުރައްވައިފިއެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ސަރުކާރުން ހާސިލުކުރައްވަން ބޭނުންވާ ވަކި ނަތީޖާއެއް ނެތްކަމުގައެވެ. އަދި އައްޑޫ ފޭދޫއާއި ހުޅުދޫ އަދި މީދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ލުމުން ނިމުނީ ކަމަށާއި، އެމަނިކުފާނު ކުރައްވަ ކަމަކީ އެމަނިކުފާނުގެ ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދަވަނީ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ވަކި ވަކި ކައުންސިލް އުފެދުމުން ލިބޭނެ ފައިދާގެ ވާހަކަ ހިއްސާ ކުރެއްވި އިރު ސިޓީގެ ގޮތުގައި މިހާރު އޮންނަ ގޮތަށް އޮތުމުން ލިބޭނެ ފައިދާއެއް އެއްވެސް ވަރަކަށް ރައީސް ފާހަގަ ނުކުރައްވައެވެ. ވަކި ކައުންސިލްތައް ކަނޑައެޅުމުގެ ވޯޓާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނާ ހަމައަށް އައީ ވަކި ކައުންސިލްތަކެއް އުފެއްދުމުގެ ކަންތަކުގައި އެމީހުންނަށް ހައްލެއް ގެނެސްދިނުމަށް ކަމަށެވެ. އަދި ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވި ކަމަށާއި، ނިޒާމުގެ ތެރެއިން އެކަން ހައްލުކުރުމުން ރައްޔިތުން ބޭނުންވާ ގޮތަކަށް ނިންމުމަށް ފުރުސަތުދެއްވާނެ ކަމަށެވެ.

ރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމުން. ސަރުކާރުން ތާއިދުކުރާނެ ގޮތް، ސަރުކާރުން ޕްރިފަރ ކުރާ ވަކި އެއްވެސް ނިންމުމެއް އެޔަކު ނެތް. އައްޑޫ ސިޓީގެ މިހާރުގެ އޮތް ކޮމްޕޮޒިޝަން ބޭއްވުން ކަމަށްވިއްޔާ ސަރުކާރުން ފުރިހަމައަށް އެކަމަށް ތާއިދުކޮށް އެއްބާރުލުން ދެއްވާނެ ކަމެއް. ވަކިވަކި ކައުންސިލްތައް ހަދަން ބޭނުންވިޔަސް އެކަމަށް ވެސް އެއްބާރުލުންދޭނަން. ވަކި ކައުންސިލްތަކެއް އުފެދިއްޖެއްޔާ އެ ކައުންސިލަކަށް، ކައުންސިލެއްގެ ހުރިހާ ހައިސިއްޔަތެއް ލިބޭނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓް. މިހާރަކު ވަކިންނެއް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވޭ. ހުޅުދޫއަކަށް، މީދޫއަކަށް ވަކި ބަޖެޓެއް ނޯވޭ
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ވަނީ ވަކި ވަކި ކައުންސިލްތައް އުފެދުމުން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ އަދަދުތައްވެސް ހާމަކުރައްވާފައެވެ. ނަމަވެސް މުޅި ސިޓިއަށް ލިބޭ ގްރާންޓުގެ ވާހަކަ ހިއްސަ ނުކުރައްވައެވެ. ރައީސް ވިދާޅުވީ މިހާރު ފޭދޫ، ހުޅުދޫ އަދި މީދޫ އަކަށް ވަކި ބަޖެޓެއް ނޯންނަ ކަމަށެވެ.

ވަކި ކައުންސިލެއް އުފެދިއްޖެއްޔާ އެ ކައުންސިލަކަށް ހުރިހާ ހައިސިއްޔަތެއް ލިބިގެންދާނެ. ވަކި ބަޖެޓެއް އަންނާނެ. މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓް. މިހާރު ވަކިންނެއް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވޭ، ހުޅުދޫ އަށް މީދޫ އަކަށް ވަކި ބަޖެޓެއް ނޯވޭ. ނަމަވެސް މިގޮތަށް ހަމަޖެހިގެން ރައްޔިތުން އެގޮތަށް ނިންމަވައިފި ހާލަތެއްގައި މިހާރު ބްލޮކް ގްރާންޓް ކަލްކިއުލޭޓް ކުރާ އުސޫލަށް ބަލާއިރުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދައިފިއްޔާ ފޭދޫ ކައުންސިލަށް ލިބޭނެ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ. ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން ރުފިޔާ އަދި މީދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި.
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިހާރު އެއްވެސް ރަށަކަށް ވަކި އަދަދެެއް ނޯންނަ ކަމަށެވެ. މުޅި ސިޓީއަށް އޮންނަ ބަޖެޓެއް އޮންނަ އިރު އެމަނިކުފާނު ގަބޫލުކުރައްވަނީ އެކަން ރައްޔިތުންނަށް ސާފުކޮށްލަ ދެއްވުމަކީ ސަރުކާރުން އެއްވެސް ކަހަލަ މީގައި އައުޓްކަމްއެއް، ވަކި ނަތީޖާއެއް ބޭނުން ނުވާ ހާލަތުގައި ވެސް ރައްޔިތުންނަށް ކަންކަން ނިމިގެންދާ ގޮތަކުން ވާނެގޮތް ބަޔާންކޮށްދިނުމުގެ ޒިންމާއަކީ އެމަނިކުފާނުގެ ކިބައިގައި ވެސް އޮތް ޒިންމާއެއްކަން ފެންނާތީ އެވާހަކަ ދަންނަވާލީ ކަމަށެވެ.

އައްޑޫ ސިޓީ ބައިބައިކުރާ ވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފޮނަދޫގައި ބޭއްވި ޖަލްސާފައި ވަކިވަކި ކައުންސިލްތައް އޮތުމުން ލިބޭނެ ފައިދާއާއި އަދި ގްރާންޓުގެ ވާހަކަ އެކަނި ދައްކަވާ އެމަނިކުފާނު ވަނީ ކެމްޕޭން ކުރައްވާފައެވެ.

ރައީސް މުއިއްޒުއައްްޑޫ ސިޓީފޭދޫ-ހުޅުދޫ-މީދޫކައުންސިލްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު