Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެމިލީ ކޯޓުގެ މަސައްކަތްތައް

"ފެމިލީ ކޯޓުގެ ދޮރުގައި ގިނައިން ޓަކިޖަހަނީ އަންހެނުން"

29 ނޮވެމްބަރު 2021 | ހޯމަ 08:25

އާއިލާއާބެހޭ ގާނޫނާއި އާއިލީ ކޯޓު އަދި އެދާއިރާގެ ފަނޑިޔާރުންގެ ދައުރު ވަރަށް ފުޅާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2021 | ހޯމަ 08:25
ފެމިލީ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފެމިލީ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އާއިލީ ކޯޓަށް ޚިދުމަތް ހޯދަން ދާ ފަރާތްތަކުގެ ތެރެއިން މައްސަލަ ހުށައެޅުމުގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

ފެމިލީ ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ މެމްބަރު އަލީ ސަމީރު ވިދާޅުވީ، ފެމިލީ ކޯޓުގައި ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކޮމިޝަނުން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ފެމިލީ ކޯޓާއި، އާއިލީ އަދުލުގެ ނިޒާމާއި ގުޅޭގޮތުން ފާހަގަވި ކަންކަން ސަމީރު ވަނީ ހިއްސާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ސަމީރު ވިދާޅުވީ، އާއިލީ ކޯޓަށް ޚިދުމަތް ހޯދަން ދާ ފަރާތްތަކުގެ ތެރެއިން މައްސަލަ ހުށައެޅުމުގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުން ކަމަށެވެ. އަދި އެހެން އެއްވެސް ކޯޓަކަށް އެ ނިސްބަތުން ޚިދުމަތް ހޯދުމަށް އަންހެނުން ނުދާކަމަށް ސަމީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ދަރިފުޅަށް ޚަރަދު ނުދިނުމާއި، ހަޟާނާތުގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ފިރިމީހާގެ އެކި މައްސަލަތަކާއި ގުޅިގެން ވަރިވާން ބޭނުންވެގެން ހުށައަޅާ މައްސަލަތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގިނަ ފަހަރު އެފަދަ މައްސަލަތައް ހުށައަޅާ ފަރާތްތަކަކީ މާލީ ގޮތުން ތަނަވަސްކަން ނެތް، ހަމައެކަނި ފިރިމީހާގެ މައްޗަށް ބަރޯސާވެގެން ދިރިއުޅުން ބައްޓަންވެފައިވާ ފަރާތްތައް ކަމަށެވެ.

ސަމީރު ވިދާޅުވީ، ފެމިލީ ކޯޓުގެ ތަރުތީބުތައް ހުންނަން ޖެހޭނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ކޯޓާއި ހަމައަށް ވާސިލުވެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން މައްސަލަ ހުށައެޅުމާއި، ކޯޓަށް ހާޒިރުވުން ފަދަ ކަންކަމުގައިވެސް ތަރުތީބުވެފައި އޮންނަންޖެހޭނީ އެގޮތަށްކަމަށް ވިދާޅުވިއެވެ.

އަންހެނުން ހުށައަޅާ މައްސަލަތައް ނިސްބަތުން ގިނަ ކޯޓެއްގައި އަންހެން ފަނޑިޔާރުން ނެތުމަކީ އާއިލީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ހީނަރުކަމެއްކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ، ފެމިލީ ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި ފިރިހެނުންނެކޭ އެއްފަދައިން އެހެން ކޯޓުތަކުގައިވެސް އަންހެން ފަނޑިޔާރުން އިތުރުވާން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

އާއިލީ ކޯޓަށް ހުށައެޅޭ މައްސަލަތަކާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ދޭ ސަމާލުކަން ކުޑަކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ، ބައެއް މީހުންގެ ނަޒަރުގައި އާއިލާއާބެހޭ ޤާނޫނާއި އާއިލީ ކޯޓުން ކުރާ މަސައްކަތަކީ ހަމައެކަނި ވަރި ކައިވެނީގެ ކަންކަން އެކަނި ކަމަށެވެ.

ނަމަވެސް އާއިލާއާބެހޭ ޤާނޫނާއި އާއިލީ ކޯޓު އަދި އެ ދާއިރާގެ ފަނޑިޔާރުންގެ ދައުރު އެއަށްވުރެ ފުޅާކަން ސަމީރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކާއި، ދެމަފިރިންގެ މުދަލާއިބެހޭ މައްސަލަތަކާއި، ދޭސީ އަދި ބިދޭސީ ކައިވެނިތަކާއި ގުޅޭ މައްސަލަތަކާއި، އެފަދަ ކައިވެނީގެ މައްޗަށް ލިބޭ ދަރިންނާއި ގުޅޭ އެކި މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ގުޅޭ މައްސަލަތައް ފަދަ ކަންކަން މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވިއެވެ.

އާދިއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރާއި މ. ވިލުފުށީގެ، އަލްއުސްތާޒާ މައީޝާ ޔޫސުފް ސަމީރެވެ. އެ ދެބޭފުޅުންނަކީ ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން އިންޓަރވިއުކޮށް އެންމެ ގާބިލުކަމަށް ފެންނަކަމަށް ނިންމަވައި ކޮމިޝަނަށް ލަފާ ދެއްވި ދެ ބޭފުޅުންނެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

27 މާރިޗު 2017

ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި

27 މާރިޗު 2017
ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި
19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް