Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއަރޕޯޓް ޖެޓީ

ހޯރަފުށީ އެއަރޕޯޓު ޖެޓީގެ މަސައްކަތް ލަސްވަނީ އަލުން އީއައިއޭ ހަދަން ޖެހުމުން - ނަހުލާ

29 ނޮވެމްބަރު 2021 | ހޯމަ 05:12

ޖެޓީ ހެދުމަށް ނިންމާފައިވާ ސަރަހައްދަކީ ހޯރަފުށީ ކައުންސިލުން ޗެނަލެއް ކެނޑުމަށް އީއައިއޭ ހަދާފައިވާ ތަނެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ނޮވެމްބަރު 2021 | ހޯމަ 05:12
އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ހއ.ހޯރަފުށީ އެއަރޕޯޓް ޖެޓީގެ މަސައްކަތް ނުފެށިވަނީ އަލުން އީއައިއޭ ހަދަން ޖެހޭތީ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ވިދަޅުވެއްޖެއެވެ.

ހއ.އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ހޯރަފުށީ އެއަރޕޯޓަށް އަހަރެއްވީ އިރުވެސް އެއަރޕޯޓަށް އަރާފޭބުމަށް ބޭނުންވާ ފާލަމުގެ މަސައްކަތް ކުރިއަށްނުދާތީ އެކަމުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަންޖެހޭތީ، މިހާރު ފާލަމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިގެން ނަހުލާ ޖަވާބު ދެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ މި މަސައްކަތް މިހާތަނަށް ކުރިއަށްގެންދެވިފައިވާ ގޮތުގެ ޓައިމްލައިންވެސް ހިއްސާ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ޖެޓީ ހެދުމަށް ނިންމާފައިވާ ސަރަހައްދަކީ، ހޯރަފުށި ކައުންސިލުން ޗެނަލެއް ކެނޑުމަށް އީއައިއޭ ހަދާފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެ އީއައިއޭއަށް ބިނާކޮށް ޖެޓީގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް އީޕީއޭއިން ލަފާ ދިނުމުން އަލުން އީއައިއޭގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. ޖެޓީގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ، އެމްޓީސީސީއާއެވެ.

މިކަމާ ގުޅިގެން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގައި ލާމަރުކާޒީ ގާނޫނުގެ ދަށުން ރަށެއްގައި މަސައްކަތެއް ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ކައުންސިލްގެ ހުއްދަ ހޯއްދެވިތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

މި ސުވާލަށް މިނިސްޓަރ ސީދާ ޖަވާބެއް ނުދެއްވައެވެ. މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރައްވާފައިވުމުން އެ މަސައްކަތް ކުރެއްވުމަކީ ވަޒީރެއްގެ ހައިސިއްޔަތުން އެކަމަނާގެ ޒިންމާއެއް ކަމަށެވެ. މިހާރު ކުރައްވަނީ އެ މަސައްކަތް ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓުން ޖާގަ ލިބުމުގައި ދަތިކަން ހުރިކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޑިމާންޑަށް ބަލައި ފްލައިޓް އިތުރު ކުރުމަށް މޯލްޑިވިއަނާއެކު މަޝްވަރާ ކުރައްވާ ކަމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް