Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯމް ވޭރިއަންޓް

އޮމިކްރޯމް ވޭރިއަންޓް ޖެހޭ މީހުންގެ ފަރާތުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް – ޑރ. އަންޖެލީކް

ބަލިމީހާގެ ފަރާތުން ފެނުނީ 2 ދުވަސް ވަންދެން ވަރުބަލި ކުރުމާއި ގައިގަ ރިއްސުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2021 | ހޯމަ 02:50
ކޮވިޑަށް ޕޮޒިޓިވްވި މީހަކަށް ސައުތު އެފްރިކާގައި ފަރުވާ ދެނީ

ކޮވިޑަށް ޕޮޒިޓިވްވި މީހަކަށް ސައުތު އެފްރިކާގައި ފަރުވާ ދެނީ

އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް ކުޑަ އަލާމާތެއް ކަމަށް، މި ވޭރިއަންޓް އުޅޭކަން ފުރަތަމަ ހޯދި ސައުތް އެފްރިކާގެ ޑޮކްޓަރު، ޑރ. އަންޖެލީކް ކުޓްޒީ ވިދާޅުވެއްޖެއެވެ.

ޑރ. އަންޖެލީކް ވިދާޅުވީ އައު ވޭރިއަންޓް ޖެހޭ ބަލި މީހުންނަށް ގޭގައި ވެސް ފަރުވާ ދެވިދާނެ ކަމަށެވެ. ޑރ. އަންޖެލީކް އަކީ ދިރާސާ ކުރައްވާ އަދި ދެކުނު އެފްރިކާގެ މެޑިކަލް އެސޯސިއޭޝަންގެ ޗެއަރއެވެ. އެންމެ ފުރަތަމަ އޮމިކްރޯން ވޭރިއަންޓް އުޅޭކަން ޑރ. އަންޖެލީކަށް ފާހަގަވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ އޭނާގެ ކްލިނިކަށް ބަލިވެގެން އައި މީހެއްގެ ފަރާތުން، ފެނުނު އަލާމާތްތައް ތަފާތުވުމާއި ގުޅިގެންނެވެ. އެގޮތުން، ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯންގެ އަލަމާތްތައް ކުޑަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އޮމިކްރޯންގެ ނަމުން ނަންދެވިފައިވާ އައު ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނު ކަމަށް ދެކުނު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ކޮމިއުނިކޭބަލް ޑިޒީސް އިން ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ނޮވެމްބަރު މަހުގެ 14ން 16ށް ނަގާފައިވާ ސާމްޕަލްތަކުންނެވެ.

ޑރ. އަންޖެލީކް ވިދާޅުވީ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ކްލިނިކަށް ދެއްކި ބަލިމީހާގެ ފަރާތުން ފެނުނީ 2 ދުވަސް ވަންދެން ވަރުބަލި ކުރުމާއި ގައިގައާއި ބޮލުގައި ރިއްސުން ކަމަށެވެ. އަދި މިއީ އާންމު ވައިރަލް އިންފެކްޝަނެއްގައި ފެންނަ އަލާމާތްތައް ކަމަށެވެ.

މީގެ އިތުރުން ފާއިތުވި 8 ހަފުތާއާއި 10 ހަފުތާއާއި ދޭތެރޭގައި ކޮވިޑްގެ ކޭސްތަކެއް ފެނިފައި ނުވާތީ، އެމީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ނިންމި ކަމަށެވެ. އަދި ނަތީޖާ ދެއްކި ގޮތުން ބަލިމީހާއާއި އޭނާގެ އާއިލާގެ އެންމެންވެސް ބައްޔަށް ޕޮޒިޓިވްވި ކަމަށެވެ.

އަދި އެދުވަހު އިތުރު ބަލި މީހުން އެއް ވައްތަރެއްގެ އަލާމާތްތަކާއެކު ދައްކަން އައި ކަމަށާއި، ގިނަ ބަޔަކު އަންނަން ފެށުމުން މިކަމުގައި ގޯހެއް އުޅޭ ކަމަށް ބެލެވުނު ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ދޭއް ނުވަތަ ތިން މީހުން ދައްކަން އަންނަ ކަމަށް ޑރ. އަންޖެލީކް ވިދާޅުވިއެވެ.

ތިންވަނަ ރާޅުގެ ތެރޭގައި ޑެލްޓާގެ ވަރަށް ގިނަ ކޭސްތައް ފެނުނު ކަމަށާއި، ނަމަވެސް މިފަހަރުގެ އަލާމާތްތަކައެކު ޑެލްޓާގެ އަލާމާތްތަކަށް ނުފެތޭ ކަމަށެވެ. އަދި އެއާއެކު ހެލްތް އިންސިޓިއުޓަށް އެ ދުވަހު މައުލޫމާތު ހިއްސާ ކުރި ކަމަށެވެ. ޑޮކްޓަރ ވިދާޅުވީ ބަލިވެގެން ދައްކަން އައި މީހުންގެ ފަރާތުން ފެނުނީ ވަރަށް ކުޑަ އަލާމާތްތަކެއް ކަމަށާއި، އެއިން އެއްވެސް މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭ ހިސާބަށް ނުދާ ކަމަށެވެ. އަދި އެމީހުންނަށް ގޭގައި ފަރުވާދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޑެލްޓާ ވޭރިއަންޓާއި ޚިލާފަށް އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންނަށް ވަސް ދުވުމާއި، ރަހުލުމުގެ މައްސަލައެއް ދިމާ ނުވާ ކަމަށާއި، ހަށިގަނޑުގެ އޮކްސިޖަން ލެވެލްއަކަށް ވެސް ބަދަލު އައިސްފައި ނުވާ ކަމަށެވެ. އަދި މި ވޭރިއަންޓް ޖެހެނީ 40 އަހަރުން ދަށުގެ މީހުންނަށް ކަމަށާއި، ބަލިވެގެން ދެއްކި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށް ޑރ. އަންޖެލީކް ވިދާޅުވިއެވެ.

އެންމެ ބޮޑަށް ބަލި މީހުން ކުރި ޝަކުވާއަކީ އެއް ދުވަސް ނުވަތަ ދެ ދުވަސް ވަންދެން ގައިގައި ވަރު ނެތުން ކަމަށާއި، ދެން މައިގަނޑު ގޮތެއްގައި ބަލިމީހުން ކުރި ޝަކުވާއަކީ ބޮލުގައި ރިއްސުން، ގައިގައި ރިއްސުން އަދި ތަދުވުން ކަމަށް ޑރ. އަންޖެލީކް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު