Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑްގެ އައު ވޭރިއެންޓް

އައު ވޭރިއަންޓް ނުހުއްޓުވުނަސް އަދަދު މަދު ކުރެވިދާނެ: ޑރ. ނަޒްލާ

28 ނޮވެމްބަރު 2021 | އާދީއްތަ 10:44

ވޭރިއެންޓް ފެތުރުން ހުއްޓުވުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 ނޮވެމްބަރު 2021 | އާދީއްތަ 10:44
ޑރ ނަޒްލާ ރަފީގު

ޑރ ނަޒްލާ ރަފީގު

ކޮވިޑް-19ގެ އައު ވޭރިއެންޓް "އޮމިކްރޮން" ރާއްޖެއަށް އައުން ނުހުއްޓުވުނު ނަމަވެސް އެ ވޭރިއެންޓް ޖެހޭ މީހުންގެ އަދަދު މަދުކުރެވިދާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އޮމިކްރޯން ވޭރިއެންޓާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ މި ވޭރިއެންޓް ރާއްޖެއަށް އައުން ހުއްޓުވުމަކީ ނާދިރުކަމަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ކުރިއާލައި އެކަށީގެންވާ ފިޔަވަޅުތައް އެޅިއްޖެނަމަ މި ވޭރިއެންޓް ޖެހޭ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޑރ ނަޒްލާ ވިދާޅުވީ އެހެން ވޭރިއެންޓްތަކާއި ޚިލާފަށް މި ވޭރިއެންޓް ވަރަށް އަވަހަށް ފެތުރިގެންދާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިކަން ޔަގީންކަމާއެކު ބުނެވޭނީ ކެރޭނީ މިހާރު ކުރިއަށްދާ ދިރާސާތައް ނިމުމުން ކަމަށެވެ. އޮމިކްރޮން ވޭރިއަންޓަކީ ދުނިޔޭގެ ގައުމުތަކަށް އޮތް ކަންބޮޑުވުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އިރު، މިއީ ކުރިން ބަލި ޖެހިފައި ތިބި މީހުންގެ ގަޔަށް ވެސް އަރާ ބައްޔެކެވެ. އެހެންކަމުން މި ވޭރިއެންޓުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަކަން ފާހަގަކުރައްވައި ޑރ ނަޒްލާ ވިދާޅުވީ ބަލި ފެނިފައިވާ ހަތް ގައުމަކުން ރާއްޖެއަށް މީހުން އައުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ މި ވޭރިއެންޓް ހުރިތޯ ޓެސްޓް ކުރުމަށް ޖީން ސިކުއެންސް ފޮނުވާނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގެ ސީކުއެންސް ސާމްޕަލްތައް ކޮންމެ ހަފްތާއަކު އެއްފަހަރު އަންނަނީ ޓެސްޓު ކުރުމަށް ފޮނުވަމުންނެވެ. މި ވޭރިއެންޓް ފެނުމާއެކު މި ވޭރިއެންޓް ހުރިތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ކޮންމެ ފަހަރަކު ސީކުއެންސްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމަށް ދެތިން ހަފުތާގެ މުއްދަތެއް ނަގާކަން ފާހަގަކުރައްވައި ޑރ ނަޒްލާ ވިދާޅުވީ ރާއްޖޭގައި މި ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ޓެސްޓުތައް ކުރުމަށް ބޭނުންވާ މެޝިންތައް މިހާރު ރާއްޖެ ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މަސައްކަތްތައް ފެށޭނީ މިކަމަށް ބޭނުންވާ ތަމްރީނުތައް މީހުންނަށް ދިނުމުގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިންމާފައި ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް