Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމުރާވުމުގެ ހުއްދަ

50 އަހަރުން މަތީގެ މީހުންނަށް ވެސް އުމުރާވުމުގެ ހުއްދަ ސައުދީން ދީފި

ސައުދީގައި ދިރިއުޅޭ 12 އަހަރުން މަތީގެ އެންމެނަށް އުމުރާ ވެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ނޮވެމްބަރު 2021 | އާދީއްތަ 03:12
ހައްޖުގެ އަޅުކަމުގެ ތެރެއިން

ހައްޖުގެ އަޅުކަމުގެ ތެރެއިން

ބޭރުގައުމުތަކުން އުމުރާއަށް ސައުދީއަށް އާދެވޭ މީހުންނަކީ ވަކި އުމުރެއްގެ ބައެއްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ނިމުމަކަށް ގެނެސް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް އުމުރާއަށް އާދެވޭގޮތަށް ސައުދީން ނިންމައިފިއެވެ.

ސައުދީ ގެޒެޓުގައި ބުނެފައިވަނީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމުރާއިން މި ނިންމުން ނިންމާ، 50 އަހަރުން މަތީގެ މީހުންނަށް ވެސް އުމުރާވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ ކުރިން އުމުރާ ކަންތައްތަކާއި ބެހޭ މިނިސްޓްރީން ނިންމާފައިވަނީ އުމުރާވެވޭ އެންމެ ހަގު އުމުރެއްގެ ގޮތުގައި 18 އަހަރު އަދި އެންމެ ދޮށީ އުމުރެއްގެ މީހުންގެ ގޮތުގައި 50 އަހަރު ކަމުގައި ކަނޑައަޅާފައެވެ. މި ނިންމުމުގެ ދަށުން މީގެ ކުރިން އުމުރާ ކުރުމުގެ އިތުރުން ހަރަމްފުޅާއި، ރަސޫލާގެ މިސްކިތުގެ ރައުޟާ ސަރީފްގައި ނަމާދު ކުރުމާއި، ރަސޫލާގެ މަހާނަފުޅަށް ޒިޔާރަތް ކުރެވޭނީ ވެސް 18 އަހަރާއި 50 އަހަރުގެ މީހުންނަށެވެ. މި ނިންމުން ނިންމީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ޕްރޮޓޮކޯލާއި އެއްގޮތަށް އުމުރުން ދުވަސްވީ މީހުންނަށް އުމުރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް އުމުރާވުމުގެ ހުއްދައެއް ނުދެއެވެ. ސައުދީން ބޭރުން އަންނަ މީހުން މިގޮތަށް އަމަލުކުރަން ޖެހުނު ނަމަވެސް، ސައުދީގައި އުޅޭ ފަރާތްތަކުގެ ތެރެއިން 12 އަހަރުން މަތީގެ ހުރިހާ އެންމެނަށް އުމްރާވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިގޮތަށް ނިންމާފައިވީ ނަމަވެސް، އުމުރާކޮށް ދެ ހަރަމަށް ޒިޔާރަތްކުރެވޭނީ ދެ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައިވާކަމުގެ ލިޔުން ދެއްކުމުންނެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!

26 ސެޕްޓެމްބަރު 2017
ސައުދީގައި ފުރަތަމަ ފަހަރަށް އުޅަނދު ދުއްވުމުގެ ހުއްދަ އަންހެނުންނަށް ދެނީ!
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
21 ޖުލައި 2017

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި

21 ޖުލައި 2017
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު