Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްގައި އުޅޭކުދިންގެ ކިޔެވުން

ހިޔާ ފްލެޓަށް ބަދަލުވާ ކުދިންނަށް މިނީ ބަހުގައި މާލޭގެ ސްކޫލްތަކަށް އާދެވޭނެ ގޮތް ހަމަޖައްސާނަން: މިނިސްޓަރ

26 ނޮވެމްބަރު 2021 | ހުކުރު 21:21

އަންނަ ޓާމުން ފެށިގެން ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަން ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ނޮވެމްބަރު 2021 | ހުކުރު 21:21
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހުޅުމާލެ ދެ ވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ބަދަލުވާ ދަރިވަރުންގެ ތެރެއިން ހުޅުމާލޭގައި ހުރި ސްކޫލްތަކުން އެވަގުތަށް ޖާގަ ނުލިބޭ ދަރިވަރުންނަށް މިނީ ބަހުގެ ޒަރީއާއިން އެކުދިން މިހާރު މާލޭގައި އުޅޭ ސްކޫލްތަކަށް އައުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރ އަލީ ނިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ހުޅުމާލޭގައި ހުރި ސްކޫލްތަކުގައި ޖާގަ ހުރިވަރަށް ކުދިން އެސްކޫލްތަކަށް ވައްދާނެކަމަށެވެ. މީގެއިތުރުން އަންނަ ޓާމުން ފެށިގެން ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލުކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭރުން ގާތްގަނޑަކަށް ފަނަރަސަތޭކަ ކުދިންގެ ޖާގަ ހުޅުމާލެއިން ހަމަޖެއްސޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ހުޅުމާލޭގައި އަޅަމުންދާ ސްކޫލްތައް ނިމެންދެން ހިޔާ ފްލެޓްތަކަށް ބަދަލުވާ ކުދިންނަށް މާލޭގެ ސްކޫލްތަކުން ކިޔެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު އެހެން ސްކޫލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ސަލާހުއްދީން ސްކޫލްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން އާރުސީސީއާ ހަވާލުކޮށްގެން ކޮންޓްރެކްޓް ފައިނޭންސިން އުސޫލުން ސްކޫލެއް ބިނާކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2 ސްކޫލެއް އެޅުމަށް މިހާރު ވާނީ ކޮންޓްރެކްޓަރ ފައިނޭންސިން އަށް އިއުލާންކޮށްފައިކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަކީ ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއަކަށް ހަދާފައިވާ ފްލެޓްތަކެކެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް