Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންނަށް ފްލޫ ވެކްސިން

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

އައިޖީއެމްއެޗުގައި މީގެ ކުރިން އިންފުލުއެންޒާއަށް ވެކްސިން ދީފައިވަނީ މާބަނޑު މީހުންނަށް އެކަނި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 18:41
ފްލޫ ވެކްސިން ދިނުމަށް މާލޭގެ ގިނަ ހޮސްޕިޓަލް ތަކުން ވަނީ ފަށާފައި

ފްލޫ ވެކްސިން ދިނުމަށް މާލޭގެ ގިނަ ހޮސްޕިޓަލް ތަކުން ވަނީ ފަށާފައި

ކުޑަކުދިންނަށް ފްލޫ ވެކްސިން ދިނުމުގެ ޚިދުމަތް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ބުދަ ދުވަހު ފަށައިފިއެވެ.

އައިޖީއެމްއެޗުން ހާމަކުރީ، ފްލޫ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޢުމުރުން ހަ މަހާއި ތިރީސް ފަސްމަހާ ދެމެދުގެ ކުދިންނަށްކަމަށެވެ. އެގޮތުން އެހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓުގައި ކޮންމެދުވަހަކުވެސް މެންދުރު 2.00 އިން ހަވީރު 5.00އަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ވެކްސިން ޖަހަން ދާއިރު، ވެކްސިން ކާރޑާއި، ކުއްޖާގެ އައިޑީކާރޑު ގެންދިއުމަށް އެހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

އައިޖީއެމްއެޗުގައި މީގެ ކުރިން އިންފުލުއެންޒާއަށް ވެކްސިން ދީފައިވަނީ މާބަނޑު މީހުންނަށް އެކަންޏެވެ. މިހާތަނަށް މާބަނޑު އަންހެނުންގެތެރެއިން އެއްހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

އައިޖީއެމްއެޗްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުންވެސް ދަނީ ޢާންމުކޮށް ހުޅުވާލައިގެން ފްލޫ ވެކްސިން ޖަހައި ދިނުމުގެ ޚިދުމަތް ދެމުންނެވެ. އަންގާރަދުވަހުގެ ނިޔަލަށް ހަހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.

އެހެނިހެެން ކެޓަގަރީތަކަކަށް ޚާއްސަކޮށްގެން އިންފުލުއެންޒާއަށް ވެކްސިން ދިނުމުގެ ޚިދުމަތް އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް، އޭޑީކޭ، ދަމަނަވެށި، ސެނެހިޔާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސްގައި މިހާރުވެސް ދަނީ ކުރިއަށެވެ.

ވެކްސިން ޖަހައިދޭ ތަންތަނުން ދުވާލަކު ދޫކުރާ ނަންބަރުގެ ތަފްސީލު ވެސް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަމަނަވެށީގައި މެންދުރު 13:00 އިން 14:00 އަށް ނަންބަރު ދޫ ކުރުމަށް ހަމަޖެހިފައިވާ އިރު ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ނަންބަރެވެ. އަދި ވެކްސިން ޖެހުން މެންދުރު 14:00 އިން 16:00 އަށް ކުރައްދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ވެކްސިން ޖަހައިދިނުމަށް ފީއެއް ނަގާ އިރު އޭޑީކޭ ފިޔަވައި ވެކްސިން ދޭ އެހެން މަރުކަޒުތަކުން 140 ރުފިޔާއަށް ވެކްސިން ޖަހައިދޭ އިރު އޭޑީކޭގައި ވެކްސިން ޖަހައިދެނީ 163ރ. އަށެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އިންފްލުއެންޒާ އެޗްވަންއެންވަންއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 10،000 އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. ވެކްސިން އެކި ސަރަހައްދުތަކަށް ގެންދިއުމަށްޓަކާއި ބޭނުންވާ ތަކެތި ވެސް ވަނީ ޑަބްލިޔުއެޗްއޯ އިން ހަދިޔާކޮށްފަ އެވެ. އެގޮތުން 4،000 ވައިރަސް ޓްރާންސްޕޯޓް މީޑިއަމް ވަނީ ސިއްހަތު ޖަމިއްޔާއިން ހަދިޔާކޮށްފަ އެވެ.

އެޗްޕީއޭ އިން ވެކްސިން ޖަހާދޭ ތަންތަން އިތުރުކޮށްދީފައިވާ އިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިން ޖެހުމަށް އޭރު ކަނޑައަޅާފައިވާ ދަމަނަވެށި އަދި އޭޑީކޭގައި ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހުމަށް ކިއުގައި އެތަށް އިރެއްވަންދެން ތިބެން ޖެހުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހިންހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު