Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ ފުޓްބޯޅަ އެކެޑަމީ

ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރަން މާޒިޔާ ކެނދިކުޅުދޫއަށް

26 ނޮވެމްބަރު 2021 | ހުކުރު 17:18

އެކެޑަމީ ފަށާފައިވަނީ ކެނދިކުޅުދޫ ކައުންސިލާއި ކެނދިކުޅުދޫ ފުޓްބޯލް ކުލަބު ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ނޮވެމްބަރު 2021 | ހުކުރު 17:18
މާޒިޔާ އެކެޑަމީ ކެނދިކުޅޫދުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާޒިޔާ އެކެޑަމީ ކެނދިކުޅޫދުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ އަޒުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ. ކެނދިކުޅުދޫގައި ފުޓްބޯޅަ އެކެޑަމީއެއް ފަށައިފިއެވެ.

މި އެކެޑަމީއަކީ މާޒިޔާ އާއި، ކެނދިކުޅުދޫ ކައުންސިލް އަދި ކެނދިކުޅުދޫ ފުޓްބޯލް ކުލަބު ގުޅިގެން ހިންގާ އެކެޑަމީއެކެވެ. އަދި މި އެކެޑެމީގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އެކެޑަމީ ރަސްމީކޮށް ފެށުމަށް ހުކުރު ދުވަހުގެ ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، މި ރަސްމިއްޔާތުގައި މާޒިޔާގެ އިސްވެރިންނާއި، ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި، އުރީދޫގެ އިސްވެރިން އަދި މާޒިޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި އެކެޑަމީގައި އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ތަމްރީނުދޭއިރު، އެކެޑަމީ ފަށާފައިވަނީ 63 ކުދިންނާއެކުއެވެ. އޭގެ ތެރޭގައި އަންހެން ކުދިންވެސް ހިމެނެއެވެ.

ހުކުރު ދުވަހުގެ ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޒިޔާގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ މި އެކެޑަމީ ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ކެނދިކުޅުދޫގެ ކުޑަކުދިންނަށް އުޖާލާ މުސްތަގުބަލެއް ފަހިކޮށްދީ، އެ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުން ކަމަށެވެ. އަދި މި އެކެޑަމީއާއެކު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުގައި ކުޅޭނެ ކުޅުންތެރިންތަކެއް ކެނދިކުޅުދޫން އެފެދުން ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވީ މި އެކެޑަމީއަކީ އެ ކައުންސިލުގެ މެންބަރުން ހުވާކުރި ދުވަހުން ފެށިގެންވެސް އުއްމީދުކުރި ކަމެއް ކަމަށެވެ. އެއާއެކު މިކަން ހަގީގަތަކަށް ހެދުމަށް މާޒިޔާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ މިހާތަނަށް އައިރު މާޒިޔާގެ ޗެއާމަން އަޙްމަދު ސާޖިދުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި، އެގޮތުން އެކެޑަމީގެ ކަންތައްތަކުގެ އިތުރުން ކެނދިކުޅުދޫގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކަށްވެސް މާޒިޔާއިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކެނދިކުޅުދޫއަކީ އޭނާއަސް ވަރަށް ގާތް ރަށެއް ކަމަށެވެ. އެގޮތުން މީގެ 16 އަހަރު ކުރިން އެ ކުންފުނީގެ މަސައްކަތުގައި ކެނދިކުޅުދޫގައި ހަރަކާތްތެރިވި ކަމަށާއި، އޭގެ ފަހުން އެ ކުންފުނިން މިހާރު ހޯދާފައިވާ ކުރިއެރުމާ އެއްގޮތަށް، މާޒިޔާއިން ފެށި އެކެޑަމީވެސް ކުރިއަރާނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ ވިއްސަކަށް އަހަރު ފަހުން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާ ގައުމީ ޓީމުން ކެނދިކުޅުދޫގެ ކުޅުންތެރިން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކެނދިކުޅުދޫގައި މާޒިޔާއިން ފެށި އެކެޑަމީގެ އިސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިބްރާހީމް ޝާފިއު އާއި މުޙައްމަދު އަރީފެވެ. އަދި މި އެކެޑަމީއަށް ކޯޗުން ތަމްރީނުކުރުމަށް ބުރާސްފަތި ދުވަހުގެރޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ޑީ ލައިސަންސް ކޯޗިން ކޯސް ފަށާފައެވެ. އަދި މާޒިޔާއާ ގުޅިގެން މީގެ ހަތަރު މަސް ފަހުން ކެނދިކުޅުދޫގައި ސީ ލައިސަންސް ކޯޗިން ކޯސް ފެށުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާޒިޔާ އެކެޑަމީ ފެށިއިރު، މި ރަސްމިއްޔާތުގައި މާޒިޔާއިން ވަނީ ކެނދިކުޅުދޫ ފުޓްބޯލް ކުލަބަށް އެކި ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ރަސްމިއްޔާތުގައި ރޮބޯމޭންގެ ފަރި ހަރަކާތްތައްވެސް ވަނީ ދައްކާލާފައެވެ.

މާޒިޔާ އެކެޑަމީ ކެނދިކުޅުދޫގައި ފެށިއިރު، މާޒިޔާގެ ސީނިއާ ޓީމުން މިހާރު އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގައި ތަމްރީނުތައް ހަދަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް