Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނިޔާއާ ދެކޮޅަށް ހިންގާ ކެމްޕެއިން

އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ހިންގާ 16 ދުވަހުގެ ހަރަކާތް ފަށައިފި

މި ވޯކްޝޮޕް އަންނަ ޑިސެމްބަރު މަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 ނޮވެމްބަރު 2021 | ހުކުރު 12:40
އަނިޔާލިބޭކަން އަންގައިދޭ ޕޯސްޓަރެއް

އަނިޔާލިބޭކަން އަންގައިދޭ ޕޯސްޓަރެއް

ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހުގެ ހަރަކާތް ފަށައިފިއެވެ.

ބައިނަލްއަގުވާމީގޮތުން ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން އޮތް ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ކެމްޕޭނެކެވެ.

ބައިނަލްއަގުވާމީ ގޮތުން މި ކެމްޕެއިން ކުރިއަށްގެންދާތާ މިއީ 30 ވަނަ އަހަރެވެ. އެގޮތުން މި އަހަރުގެ ކެމްޕެއިނަށް އދ ގެ އަންހެނުންނާ ގުޅޭ ޖަމިއްޔާ ‘ޔޫއެންވިމަން’ އިން ކަނޑައަޅާފައިވާ ޝިއާރަކީ “އޮރެންޖް ދަ ވޯރލްޑް: އެންޑް ވަޔަލެންސް އެގެންސްޓް ވިމަން ނައު!”އެވެ. 16 ދުވަހުގެ މި ކެމްޕެއިންގެ ރަސްމީ ކުލައަކީ އޮރެންޖް ކުލައެވެ. މިކުލަ ރަމްޒުކޮށްދެނީ އެއްބައިވަންތަކަމާއެކު އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރި މުޖްތަމައަކާއި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދި ދިވެހިރާއްޖޭގައިވެސް މި ކުލަ ބޭނުންކޮށްގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. 

މި ކެމްޕެއިންގައި ސަރުކާރާއި، އެކި އެކި މުއައްސަސާތަކުންނާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމިއްޔާތަކާއި، އަދި އދ ގެ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވެއެވެ. މިގޮތުން:

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އެންމެ ބޮޑު އެއް މައްސަލައެވެ. މި ކެމްޕޭންގެ އެންމެ މައިގަނޑު މަގްސަދަކީ، މިފަދަ އަނިޔާއަކީ ހުއްޓުވޭނެ ކަމެއްކަން ދައްކުވައިދީ، އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކާބިޔާބު ކަންކަން ދެނެގަނެ، އެކަންކަމުގެ މައުލޫމާތު ހިއްސާކޮށް، މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މި ކެމްޕެއިންގެ ތެރެއިން އަންހެނުން އިސްނަގައިގެން ހިންގާ ހަރަކާތްތައް، ޚާއްސަކޮށް އަންހެނުންނާއި އަންހެނުން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދީ، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ހައްގުތައް މަހުރޫމު ނުކޮށް، އެ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބޭނެފަދަ، އަމާން މުޖުތަމައުއެއް ބިނާކުރުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިފަދަ މަސައްކަތްތަކުގައި، އެއްވެސް މީހަކު ބާކީ ނުވާނެހެން، މުޖުތަމައުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި، މުޖުތަމައުގައި އެކަހެރިވެފައިވާ ފަރާތްތައް ހިމަނަންވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގައި ދިމާވަމުންދާ އިޖްތިމާއީ މައްސަލަތަކާއި އިތުރުވަމުންދާ އަނިޔާގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ‘ގެވެށި ގުޅުން’ ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކާއި އިޖްތިމާއީ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި ޚާއްސަ ހޮޓްލައިނެއް، 1421، ގާއިމުކޮށް ބޭނުންކުރަމުންދެއެވެ.

އަންހެނުންނާއި ފިރިހެނުންނާއި އަދި އަންހެންކުދިންނާއި ފިރިހެންކުދިންގެ ދެމެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށް އާއިލާގެ ތެރޭގައި ހަމަހަމަ ކަމާއި އަދުލުވެރިކަމާއި އިހްތިރާމުކުރުމަށް ހިތްވަރުދޭ ވެއްޓެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ. އަނިޔާ ހުއްޓުވުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ނުހަދާ އެއީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކި، މިކަން ހުއްޓުވުމަށް އެންމެން އެކީގައި މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު