Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19، ޖަރުމަނުގެ ހާލަތު

ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ޖަރުމަނަށް ކުރިމަތިވެފައިވާއިރު، ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް

25 ނޮވެމްބަރު 2021 | ބުރާސްފަތި 17:16

ޖަރުމަނުގެ ދެކުނާއި އިރުމަތީ ސަރަހައްދުގައި ހާލަތު ގޯސްވެފައިވާއިރު، އެސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 17:16
ޖަރުމަނުގެ ފުލުހުން ކޮވިޑް-19 ޕްރޮޓޮކޯލް ޗެކްކުރުމުގެ މަސައްކަތް ކުރަނީ

ޖަރުމަނުގެ ފުލުހުން ކޮވިޑް-19 ޕްރޮޓޮކޯލް ޗެކްކުރުމުގެ މަސައްކަތް ކުރަނީ

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ޖަރުމަނަށް ކުރިމަތިވެފައިވާއިރު, އެބަލީގައި މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް އަރައިފިއެވެ.

ޕެންޑަމިކް ފެށުނު ފަހުން މިހާތަނަށް އައިއިރު, އެގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 100،119ށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދުވެސް ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 75،961 މީހުންނަށް ކޮވިޑް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ޖަރުމަނުގެ ދެކުނާއި އިރުމަތީ ސަރަހައްދުގައި ހާލަތު ގޯސްވެފައިވާއިރު، އެސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. މިއާއެކު އިތުރު މީހުން މަރުވެދާނެކަމުގެ އިންޒާރު ކަމާބެހޭ މާހިރުން ވަނީ ދީފައެވެ.

މިހާރު މީހުން މަރުވާ ރޭޓް ހުރީ 0.8 އިންސައްތައިގައެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 50،000ން މައްޗަށް އަރާފައިވާއިރު، 400 އެއްހާ މީހުން އަންނަނީ މަރުވަމުންނެވެ.

ޖަރުމަނުގެ ސަރުކާރާ ހަވާލުވާން މިހާރު ތައްޔާރުވެފައިވާ ފަރާތްތަކުން ވަނީ ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ބަލައި، ހާލަތު ދެނެގަތުމަށް މާހިރުންގެ ޓީމެއް އެކުލަވާލާނެކަމަށް ބުނެފައެވެ.

ޖަރުމަނުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު، ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރުވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ބައެއް ހިސާބުތަކުގައި، އާންމުންނަށް އެެއްވެގެން ކުރެވޭކަންކަން ކުރުމުގައި ވަނީ ފިޔަވަޅުތައް އަޅާފައެވެ.

ޖަރުމަނުގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 68.1 އިންސައްތަ މީހުންނެވެ. މިއާއެކު ދެން އަންނަ ސަރުކާރަކުން ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް ހަލުވިކުރާނެކަމަށް ވަނީ ބެލެވިފައެވެ. ޖަރުމަނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މަަދުން މީހުން ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އަނެއްކޮޅުން ވެކްސިންގެ ބޫސްޓަރ ޑޯޒް ހުރިހާ ރައްޔިތުންނަށް ދިނުމުގެ ވާހަކަތައްވެސް ޖަރުމަނުގައި އަންނަނީ ދެކެވެމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
01 އޯގަސްޓު 2017

ޝަރުތުތަކަކާއި އެކު ޤަތަރާ މަޝްވަރާއަށް ތައްޔާރު: ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް

01 އޯގަސްޓު 2017
ޝަރުތުތަކަކާއި އެކު ޤަތަރާ މަޝްވަރާއަށް ތައްޔާރު: ޤަތަރާއި ގުޅުން ކަނޑާލި ހަތަރު ގައުމެއް
24 ޖޫން 2017

ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި

24 ޖޫން 2017
ފަޔަރ ސޭފްޓީ ހުރި ގޮތުން ލަންޑަންގެ ހަތަރު އިމާރާތަކުން މީހުން ހުސްކޮށްފި
18 ޖޫން 2017

ގްރީންލޭންޑަށް ސުނާމީއެއް އަރައި، ހަތަރު މީހުން ގެއްލިއްޖެ

18 ޖޫން 2017
ގްރީންލޭންޑަށް ސުނާމީއެއް އަރައި، ހަތަރު މީހުން ގެއްލިއްޖެ
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް