Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ވެކްސިން

5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ އީޔޫއިން ދީފި

25 ނޮވެމްބަރު 2021 | ބުރާސްފަތި 16:59

އީޔޫގައި، މެއި މަހުން ފެށިގެން، އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަނީ ވެކްސިން ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 16:59
ސްޕެއިންގައި ސިއްހީ މަސައްކަތެރިއެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހަނީ

ސްޕެއިންގައި ސިއްހީ މަސައްކަތެރިއެއްގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހަނީ

އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒަރއާއި ބައޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިން ޖެހުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޑްރަގް ރެގިޔުލޭޓަރއިން ދީފިއެވެ.

ޔޫރަޕްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، މިއީ އެސަރަހައްދުގައި މިއުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހާ ފުރަތަމަ ފަހަރެވެ. ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)ން ވަނީ، އުމުރުން 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖެހުމަށް މީގެ ކުރިން ހުއްދަދީފައެވެ. މެއި މަހު އީޔޫއިން މިއުމުރުފުރާގެ ކުދިންނަށް ވެކްސިން ދޭންފަށާފައިވާއިރު، އެއުމުރުފުރާގެ ކުދިންނަށް ދެމުން އަންނަނީ ވެކްސިން ޑޯޒްގެ 10 މައިކްރޯ ގްރާމް ދެ ޑޯޒްގެ ދެމެދުގައި 3 ހަފްތާގެ މުއްދަތެއް ދީގެންނެވެ. ބޮޑެތި މީހުންނަށް ދެމުން އަންނަނީ 30 މައިކްރޯގްރާމެވެ.

ކުޑަކުދިންނަކީ ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއް ހިއްސާކުރަމުން އަންނަ ބައެކެވެ. އެގޮތުން މިހާރުވެސް ޖަރމަނީއާއި ނެދަރލެންޑްސްގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިފައިވަނީ ކުޑަކުދިންނަށެވެ. އެހެންކަމުން އުމުރުން 17 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށް ވަނީ ވެފައެވެ.

ފައިޒަރ އެންޑް ބައޯއެންޓެކުން ބުނެފައިވަނީ، އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ކުރިޔަށްގެންދެވުނު ކްލިނިކަލް ޓްރެއަލްތަކުގައި، ވެކްސިނުން އަސަރުކުރާ މިންވަރު ހުރީ 90.7 އިންސައްތައިގައެވެ.

އުމުރުން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ އީޔޫގެ ޑްރަގް ރެގިޔުލޭޓަރއިން ދީފައިވީނަމަވެސް، އެކަމުގެ ފަހުބަސް ބުނާނީ ޔޫރަޕިއަން ކޮމިޝަނުންނެވެ. ރޮއިޓަރސްއިން ބުނެފައިވަނީ ހުކުރު ދުވަހު ޔޫރަޕިއަން ކޮމިޝަނުން މިކަމަށް ހުއްދަދޭނެކަމަށެވެ.

ހުއްދަ ދިން ނަމަވެސް ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭވަރުވާނީ އަންނަ ޑިސެމްބަރ މަހުއެވެ. ބައޯއެންޓެކުގެ ސްޕޯކްސްމަން ބުނެފައިވަނީ، ކުޑަކުދިންނަށް ޖަހާ ވެކްސިންގެ ޑޯޒްތައް ގައުމުތަކަށް ފޯރުކޮށްދެވޭވަރުވާނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

އީޔޫން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަދިން އިރު، މިހާރު މިއުމުރުފުރާގެ ކުދިންނަށް ވެކްސިން ޖަހަމުން އަންނަނީ އެމެރިކާ، ކެނެޑާ، އިސްރާއީލް، ޗައިނާ އަދި ސައުދީ އަރަބިއްޔާގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 މެއި 2018

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ

23 މެއި 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީ މަޤާމުން ދުރުވަނީ
22 މެއި 2018

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

22 މެއި 2018
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސިއްރުކޮށްދިން އިސް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
06 އޮކްޓޯބަރު 2017

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

06 އޮކްޓޯބަރު 2017
ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
30 ސެޕްޓެމްބަރު 2017

ރޮހިންޖާ ކުދިންނަށް ޔުނިސެފުން 1300 ސްކޫލް ތައްޔާރުކުރަނީ

30 ސެޕްޓެމްބަރު 2017
ރޮހިންޖާ ކުދިންނަށް ޔުނިސެފުން 1300 ސްކޫލް ތައްޔާރުކުރަނީ
27 ސެޕްޓެމްބަރު 2017

މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

27 ސެޕްޓެމްބަރު 2017
މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް