Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ރޮހިންޖާ މުސްލިމުން

ރޮހިންޖާ ކުދިންނަށް ޔުނިސެފުން 1300 ސްކޫލް ތައްޔާރުކުރަނީ

30 ސެޕްޓެމްބަރު 2017 | ހޮނިހިރު 17:07

މިހާރުވެސް 182 ތަޢުލީމީ ސެންޓަރެއްގައި 15،000 ކުދިންނަށް ދަނީ ތަޢުލީމުދެމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 ސެޕްޓެމްބަރު 2017 | ހޮނިހިރު 17:07
ޔުނިސެފުން ރޮހިންޖާ ކުދިންނަށް ހިންގާ ތަޢުލީމީ ސެންޓަރެއް

ޔުނިސެފުން ރޮހިންޖާ ކުދިންނަށް ހިންގާ ތަޢުލީމީ ސެންޓަރެއް

ހާލުގައި ޖެހި، އަމިއްލަ ވަޒަނުން ފިލުމަށް މަޖުބޫރުވެ، ރެފިއުޖީންނަށް ވެފައިވާ ރޮހިންޖާ ދަރިކޮޅުގެ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް 1300 އަށް ވުރެ ގިނަ ސްކޫލް ޤާއިމް ކުރުމަށް ޔުނިސެފުން ނިންމައިފިއެވެ.

ޔުނިސެފުން މިހާރު ވެސް ދަނީ ބަނގާޅުގެ ކޮކްސަސް ބާޒާރުގައިވާ ރެފިއުޖީ ކޭމްޕްތަކުގައި 182 ތަޢުލީމީ ސެންޓަރު ހިންގަމުންނެވެ. މި ސެންޓަރުތަކުގައި މިހާރު 15،000 ކުދިން ތަޢުލީމު ހާސިލް ކުރާއިރު، ތަޢުލީމު ބޭނުންވާ ގިނަ އަދަދެއްގެ ކުދިން އަދިވެސް ތިބި ކަމަށް ކަމާއި ބެހޭ ޖަމުޢިއްޔާތަކުން ބުނެއެވެ.

ބަންގާޅުގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އެޑުއާޑް ބެއިބެޑަރ ވިދާޅުވީ، ހިތްދަތި ހާލަތްތަކެއް ދިމާވެފައިވާ ރޮހިންޖާ ދަރިކޮޅުގެ ކުދިންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާ، އެކަމަށް ޔުނިސެފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ޤާއިމްކޮށްފައިވާ ތަޢުލީމީ ސެންޓަރުތަކުގައި އުމުރުން ހަތަރު އަހަރާއި ހަ އަހަރާއި ދެމެދުގެ ކުދިންނަށް ފަށާ ތަޢުލީމު ފޯރުކޮށްދެމުންދާއިރު، ހަ އަހަރާއި ސާދަ އަހަރާއި ދެމެދުގެ ކުދިންނަށް ދަނީ އަސާސީ ތަޢުލީމު ފޯރުކޮށްދެމުންނެވެ.

އެގޮތުން މި ދަރިވަރުންނަށް ޔުނިސެފުން ދަނީ ބެންގާލީ ބަހާއި، އިނގެރޭސި ބަހާއި، ބަރުމާ ބަހުގެ އިތުރުން ހިސާބާއި އާޓްސް އަދި ސައިންސް ކިޔަވައިދެމުންނެވެ.

މީގެ އިތުރުން ރޮހިންޖާ ދަރިކޮޅުގެ ކުދިންނަށް ދިމާވެފައިވާ ނަފްސާނީ ބިރުވެރިކަމުން އެކުދިން ސަލާމަތް ކޮށްދިނުމަށް ކައުންސިލިންގ ދީ، ސާފްތާހިރުކަމާއި، ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ހުނަރުތައް މި ސެންޓަރުތަކުގައި އެކުދިންނަށް ދަނީ ކިޔަވައިދެމުންނެވެ.

ޔުނިސެފުން ބުނީ އެކުދިންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް އެ ޖަމުޢިއްޔާއިން ބަލަހައްޓަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!

06 ސެޕްޓެމްބަރު 2017
މަދު ދުވަސްކޮޅެއްގެ ތެރޭ 146000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް!
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
06 ސެޕްޓެމްބަރު 2017

ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!

06 ސެޕްޓެމްބަރު 2017
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
04 ސެޕްޓެމްބަރު 2017

30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި

04 ސެޕްޓެމްބަރު 2017
30،000 ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ކާންބޯން ނުލިބި ފަރުބަދަމަތީގައި ތާށިވެފައި
04 ސެޕްޓެމްބަރު 2017

މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި

04 ސެޕްޓެމްބަރު 2017
މޮސްކޯގެ މުސްލިމުން ތިބީ ރޮހިންޖާ މުސްލިމުންނާ އެކީ ކަން ހާމަކުރުމަށް އެއްވުމެއް ބާއްވައިފި
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
08 ޖުލައި 2017

ސްކޫލް ނިމުމާ އެކު މަލާލާ ޓްވިޓަރ ބޭނުންކުރަން ފަށައިފި

08 ޖުލައި 2017
ސްކޫލް ނިމުމާ އެކު މަލާލާ ޓްވިޓަރ ބޭނުންކުރަން ފަށައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް