Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އައުޓް ވާންވީ އިންޑިއާތަ ނޫނީ ދައުވާތަ؟

މިލިޓަރީ ބޭސް ހަދައިގެން ރާއްޖެ ހިފާކަށްވެސް ނޫޅޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 14:20
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދޭތެރެއަކުން ނިއުސް ކޮންފަރެންސާއި ހިނގާލުންތައް ބާއްވަައި "އިންޑިއާ އައުޓް" ހަރު އަޑުން ގޮވައެވެ. އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމަކާ ދެކޮޅަށް ބަޔަކު ނުކުންނަންވީ ސަބަބެއް ނުވިސްނެއެވެ. އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށް ކަމެއް ދިމާވާ ވަގުތު އެންމެ އަވަހަށް އެހީތެރިވާ ގައުމެވެ.

ޒަމާނުއްސުރެ އޮތް މި ގުޅުމަށް ކިޔިޔާވެސް ހީނަރުކަމެއް އައީ, މިއަދު އިންޑިއާ އައުޓް ގޮވުމުގައި އުޅުއްވާ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އިރެވެ. އޭރު ވަކި ގައުމަކަށް ބަރޯސާވެގެން ހުރިހާ ކަމެއްގައި އެގައުމެއްގެ ބަސް އިސްކުރަން ފެށުމުންނެވެ. ރާއްޖޭގައި ހިންގި ހުރިހާ މަޝްރޫއަކާއި ނެގި ހުރިހާ ލޯނެއްވެސް ނެގީ ހަމަ އެ ގައުމުންނެވެ.

އޭރު ހީނަރުވި ގުޅުން މި ސަރުކާރުން ބަދަހި ކުރިއެވެ. އެހެންނަމަވެސް މި ބައިމީހުން މި ގޮވާ ގޮވެލިފަތީގައި ބުނާހެން އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރާކަށް ނޫޅެއެވެ. އުޅެންވީ ސަބަބެއްވެސް ނެތެވެ. މިލިޓަރީ ބޭސް ހަދައި, ރާއްޖެ ހިފާކަށްވެސް ނުއުޅެއެވެ. އެ ފުރުސަތު ދިވެހި ސަރުކާރުން ނުދޭނެކަން ޔަގީނެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެހީތެރިވަމުން އަންނަ ގައުމެވެ. މި ސަރުކާރުން ގާއިމްކުރި ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއާ އިންޑިއާ އާއި އޮންނަނީ ގާތް އެކުވެރި ގުޅުމެކެވެ. ހަމަ މިގޮތަށް އެހެން ގައުމުތަކާވެސް އޮންނަނީ މިފަދަ ގާތް ގުޅުމެކެވެ. ޗައިނާއާވެސް ގުޅުން އޮވެއެވެ. ސައުދީ އަރަބިއާ އަދި އެމެރިކާފަދަ ގައުމުތަކާވެސް ގުޅުން ރަނގަޅެވެ. ގައުމުުތަކާއި ގުޅުން ބަދަހިކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ނަަތީޖާވެސް އެހާ ފުރިހަމައެވެ. ބައިނަލްއަގުއާމީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ރާއްޖެ ބަލައިގަނެއެވެ.

އެހެންކަމުން ރާއްޖެއާ އެންމެ ގާތް ގައުމަކަށް އަމާޒުކޮށް އިދިކޮޅުން މި ގޮވާ"އިންޑިއާ އަައުޓް"ގެ މަގްސަދާމެދު ސުވާލު އުފެދެއެވެ. މިހެން ގޮވާ ބާއްވާ ނިއުސް ކޮންފަރެންސް ތަކާއި, ޓީވީ ޕްރޮގްރާމްތަކާއި, ހިނގާލުން ތަކުން އިވެނީ މުޅިން އެހެން އަޑެކެވެ. އެ ބޭފުޅެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއްގައި އޮންނެވި ރައީސް ޔާމީން މިނިވަން ކުރޭ, މިހެން ގޮވާ އަޑެވެ. މިއީ މަގްސަދާ މެދު ސުވާލު އުފެދޭ ހިސާބެވެ. ހަގީގަތުގައި ގޮވަން ބޭނުންވަނީ "ދައުވާ އައުޓް" ކަމަށްވުން އެކަށީގެންވެއެވެ. ރައީސް ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާ މިހާރު ވަނީ އުފުލާފައެވެ. އެހެންކަމުން އަނެއްކާވެސް މިކިޔާ ލަވަޔަށް އިތުރު ބާރެއް ލާން ޖެހުނީއެވެ.

އިންޑިއާ އައުޓް ގޮވަމުން އިދިކޮޅުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެއްދި މައްސަލަ ދިރާސާކޮށް ނިންމައި, ރިޕޯޓް ފާސްކުރި ދުވަހުވެސް ކޮމިޓީގައި ތިއްބަވާ އިދިކޮޅު މެމްބަރުން ކޮމިޓީއަށް ހާޒިރެއް ނުވެއެވެ. އެ ބޭފުޅުން އުޅުއްވީ, ވަކި މަގްސަދެއް ނޭގޭ މި ކެމްޕޭނުގައެވެ. ހަގީގަތުގައި އިންޑިއާ އައުޓް އެއީ މަގްސަދު ކަމުގައިވާނަމަ މިފަދަ މުހިއްމު ދުވަސް ދުވަހު ވަޑައިގަންނަވާނެއެވެ. އެހެންކަމުން ބުނެވެން އޮތީ އައުޓް ވާންވީ ދައުވާ ކަމެއް އިންޑިއާކަމެއް ޚުދު އެ ބޭފުޅުންނަށްވެސް އެނގުމެއް ނެތް ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު