Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމުގެ މުސާރަ

އެފްއޭއެމުން މަހު މުސާރައިގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ!

އެންމެ ބޮޑު މުސާރަ ލިބެނީ ޖެނެރަލް ސެކްރެޓަރީ އާއި ރެފުރީ ޑިރެކްޓަރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 14:25
އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ)

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ)

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 1.3 މިލިޔަން ރުފިޔާ ޚަރަދުކުރާ ކަމަށް އެ އިދާރާގެ މުސާރައިގެ ތަފްސީލުތަކުން ދައްކައިފިއެވެ.

މުސާރަދޭ މަގާމުތަކުގައި 46 މުއްޒަފުން އެފްއޭއެމުގައި ތިބިއިރު އެންމެ ބޮޑު މުސާރައެއް ދެނީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒަށެވެ. އޭނާއަށް މުސާރައިގެ ގޮތުގައި 33،840 ރުފިޔާ ދޭއިރު، އެލަވަންސްގެ ގޮތުގައި 13،160 ރުފިޔާ ދެއެވެ. ދެން އެންމެ ބޮޑު މުސާރައެއް ދެނީ ރެފުރީ ޑިރެކްޓަރަށެވެ. އެގޮތުން މުސާރައިގެ ގޮތުގައި 33،307 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 12،952 ރުފިޔާ އޭނާއަށް ޚަރަދުކުރެއެވެ.

އަދި ދަށް މަގާމުތަކުގެ މުސާރައިގެ ގޮތުގައި 7،680 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 1،820 ރުފިޔާ ދޭ ކަމަށް އާއްމު ވެފައިވާ މައުލޫމާތުތަކުން އެނގެއެވެ.

އެފްއޭއެމުން ބޮޑެތި މުސާރަދޭ މަގާމުތަކުގެ ތެރޭގައި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އާއި ޓެކްނިކަލް ޑައިރެކްޓަރ އާއި ޑައިރެކްޓަރު އޮފް ފިނޭންސް އާއި މީޑިއާ ޑިރެކްޓަރާއި ޕްރޮޖެކްޓް ޑިރެކްޓަރާއި މެއިންޓެނަސް ޑިރެކްޓަރާއި ޑައިރެކްޓަރު އޮފް އެޑްމިނިސްޓްރޭޝަނާއި ޑައިރެކްޓަރު އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އާއި ޑައިރެކްޓަރު އޮފް ކޮމްޕެޓިޝަންސް އާއި ލީގަލްސް ޑިރެކްޓަރާއި ލީގަލް އޮފިސަރާއި ދިވެހި ޕްރިމިއާ ލީގުގެ ކޮންސަލްޓަންޓާއި ޒޯން ޑިވޮލަޕްމަންޓް ކޯޑިނޭޓަރާއި ދިވެހި ޕްރިމިއާ ލީގުގެ އެޑްމިން ޑައިރެކްޓަރާއި ސީނިއާ މީޑިއާ އޮފިސަރު ހިމެނެއެވެ. މި މުއްޒަފުންގެ މުސާރަ އުޅެނީ 15 ހާހުން ފެށިގެން 30 ހާހާއި ދޭތެރޭގައެވެ.

ގިނަ އަދަދެއްގެ މުއްޒަފުންނާއެކު މުސާރައަށް ބޮޑު ހޭދައެއް އެފްއޭއެމުން ކުރަމުންދާއިރު އެ އިދާރާގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

2019 ވަނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ގެއްލުމުގައި ވެސް އެފްއޭއެމްގައި މަސައްކަތް ކުރުމަށް މަގާމުތަކަށް ލާފައިވާ މުއްޒަފުންގެ ދައުރު ބޮޑުކަމަށް ކުލަބުތަކުން އޭރު ވަނީ ބުނެފައެވެ. ލައިސަންސް ނެތި އޭއެފްސީން ބާއްވާ މުބާރާތްތަކުގައި ނުކުޅެވޭނެ އެވެ. ލައިސަންސް ނުލިބުނީ މުއްދަތު ހަމަވުމުގެ ކުރިން އެ ކްލަބްތަކަށް ދީފައިވާ ލޮގިން އިން އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް ލިޔެކިޔުންތައް އަޕްލޯޑްކޮށްފައިނުވާތީ އެވެ. ކްލަބްތަކުން ކްލާސް އަށް ލިޔެކިޔުންތައް އެޕްރޫވްކުރާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރެވެ. އޭއެފްސީއަށް އެ ލިޔުންތައް ފެންނާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރު އެ އެޕްރޫވްކުރުމުންނެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ފުރިހަމަ ކުރަމުންދާއިރު ފުޓްބޯޅައަށް ދުވަހަކު ވެސް ޚަރަދުނުކުރާ ވަރަށް ވަނީ ޚަރަދުކޮށްފައެވެ. ސްޕޮންސަރގެ ގޮތުގަޔާއި ސަރުކާރުން ވެސް އެތައް މިލިޔަން ރުފިޔާއެއް ހޭދަކޮށްފައިވާއިރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް އެކަށީގެންވާ މަސައްކަތަކެއް ނުކުރެވި އިދާރާގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ގިނަ މައްސަލަތަކެއް ފެންމަތިވެގެންދިޔައިރު ފުޓްބޯޅަ ސަޕޯޓަރުންނަށް މާޔޫސްކަމެއް ކުރިމަތިވިއެވެ.

ފުޓްބޯޅައިގެ ކުރިއެރުމަށް އެފްއޭއެމުން މިލިޔަނުން ޚަރަދު ކުރަމުންދާއިރު ގިނަ ފައިސާއަކީ ފުޓްބޯޅައަށް އޭގެ ހަގީގީ މަންފާ ކުރުމެއް ނެތި އިސްރާފު ވެގެންދާ ފައިސާ ކަމަށް ފުޓްބޯޅަ ތަޖުރުބާކާރުން ބުނެއެވެ.

ބައްސާމްގެ ދައުރުގައި ފުޓުބޯޅަ ލީގު ފުރިހަމައަށް ނިންމާލެވިފައިނުވާއިރު އެކަމުގެ ސަބަބުން ކުލަބުތަކާއި ކުޅުންތެރިންނަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. ގިނަ ކުލަބުތަކުން އެކަށީގެންވާ ގޮތެއްގައި ސީޒަނަށް ތައްޔާރުވުމަށް މާލީ ދަތިކަން މިހާރު ވެސް ކުރިމަތިވެފައިވާ ކަމަށް ކުލަބުތަކުން ބުނެއެެވެ. ކުލަބުތަކުގެ ތައްޔާރުވުންތަކުގައި ބޮޑު ފަރަގެއް ހުރިިއިރު ސީޒަނުގައި އެކަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް ކޯޗުން ބުނެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު