Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ފުރަތަމަ ފިޔަވަހިން ކުނި ނެގުން

ޑިސެމްބަރ 1ން ފެށިގެން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކުނިނަގާ ވަގުތުތަކަށް ބަދަލުތަކެއް

ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ 18:00އިން 23:00އާ ދެމެދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 11:36
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމަށް ތައްޔާރުވަނީ

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމަށް ތައްޔާރުވަނީ

ހުޅުމާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާ މިދަނޑިވަޅުގައި ވެމްކޯގެ ޚިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި، މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ 1 ޑިސެމްބަރުން ފެށިގެން މިސަރަހައްދުގެ ގޭބިސީތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ 18:00އިން 23:00އާ ދެމެދުކަމަށެވެ. އަދި ހަވީރު 17:00އިން ފެށިގެން، ކުނި ކޮތަޅު ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ވެމްކޯއިން ބުނީ, ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ޚިދުމަތްތަކެއްކަމަށެވެ. އެހެންކަމުން، ވެމްކޯގެ ޚިދުމަތާ ނުގުޅި ތިބި ހުރިހާ ކަސްޓަމަރުން، ވީ އެންމެ އަވަހަކަށް ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން ވެމްކޯގެ ވެބްސައިޓް www.wamco.com/online އަށް ޒިޔާރާތްކުރުމަށް ފަހު ޚިދުމަތަށް އެދެވޭނެއެވެ.

މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްތަކަށް ވަނީ 15 ސެޕްޓެމްބަރއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ވަނީ ދޭންފަށާފައެވެ.

ކޮވިޑްގެ ހާލަތާއެކު، ވެމްކޯއިން ކުނި ނަގަމުންދިޔައީ ކޮންމެ ގެއެއްގެ ވެސް ބޭރުންނެވެ. ވަކިވަކި ފަންގިފިލާތަކުން ކުރިން ކުނިނަގަމުން އައި އައުން ބަދަލުކޮށް މަގުމައްޗަށް ކުނި ކޮތަޅު ނެރުމަށް އޭރު ވެމްކޯއިން އެދުނެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވެ އާންމު ހާލަތަށް ރުޖޫއަވުމާއެކު ވެމްކޯއިން ވަނީ، 15 ސެޕްޓެމްބަރުން ފެށިގެން ވަކިވަކި ފަންގިފިލާތަކުން ކުނި ނަގަން ފަށާފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު