Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަމާލެ ބްރިޖް މަޝްރޫއު

ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތް ފެށުމަށް އިންޑިޔާއިން 15 މިލިއަން ޑޮލަރު ދީފި

ބުރިޖު މަޝްރޫއަށް ފަންޑުކުރަނީ އިންޑިޔާ ސަރުކާރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2021 | ބުދަ 18:19
ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ނުވަތަ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން އިންޑިޔާ ސަރުކާރުން 15 މިލިއަން ޑޮލަރު ދީފިއެވެ.

އެކަން ހާމަކޮށް އިންޑިޔާ އެމްބަސީން ބުނެފައިވަނީ، ޕްރޮޖެކްޓް މޯބަލައިޒް ކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ޒިޔާރަތް ކުރައްވާފައިވާކަމަށެވެ. އަދި މަސައްކަތް ހަލުވިކުރުމުގެ ގޮތުން 15 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދީފައިވާކަމަށް އެމްބަސީން ބުނެއެވެ.

Advertisement - newsAdvertisement

މި މަޝްރޫއަށް ފަންޑުކުރަނީ އިންޑިޔާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. 15 މިލިއަން ޑޮލަރަކީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެޑްވާންސް ފައިސާކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި، 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ލޯނުތަކާ ޚިލާފަށް، ކްރެޓިޑް ލައިނަކީ ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދިގުދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ. އިންޑިއަން އެގްޒިމް ބޭންކުން ބްރިޖް އެޅުމަށް ނަގާ ލޯނަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބިފައިވާ ލޯނެކެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ލޯނު އަނބުރާ ދައްކަން މުޅިއެކު 20 އަހަރު ލިބޭނެއެވެ.

މިއީ މިސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ބްރިޖު އެޅުމަށް ހަދަން ޖެހޭ ސަރވޭގެ މަސައްކަތް ވަނީ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ފަށާފައެވެ. ސަރވޭގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވެއަރސްއާ ހަވާލުކޮށްގެންނެވެ. މާލެ-ތިލަފުށި ލިންކް މަޝްރޫއާ ގުޅިގެން، 28 އޮކްޓޫބަރުން ފެށިގެން އަންނަ އަހަރުގެ 22 ފެބްރުއަރީގެ ނިޔަލަށް، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނުކޮޅާއި ދެމެދު 1 ކިލޯ މީޓަރުގެ ފުޅާމިނުގެ ސަރަހައްދުގައި ސަރވޭ ކުރުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮގަސްޓްމަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނަން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން، އެ މަޝްރޫއެއްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒު ހިފައިފައިވާ މި ބިޔަބޮޑު މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.

2022 ވަނަ އަހަރުގެ ނިމުމުގެ ކުރިން ތިލަމާލެ ބްރިޖުގެ މައިގަނޑު މަސައްކަތްތައް ނިމޭނެ ކަމަށް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ. 2022 ވަނަ އަހަރު ނިމުމުގެ ކުރިން ޕޯޓުގެ ކޮންކްރީޓް މަސައްކަތް ނިމިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުމަށް ހުއްޓަސް، ޕޯޓާއި ބްރިޖުގެ މަސައްކަތްވެސް ނުހުއްޓި ކުރިއަށްދާނެ ކަމަށާއި, މި ދައުރު ނިމޭއިރު ރައްޔިތުންނަށް އެ ތަސައްވަރު ފެންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު