Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާއަށް ހުކުމް އިއްވުން

ބެންޒެމާއަށް އެއް އަހަރުގެ ޖަލު ހުކުމެއް

24 ނޮވެމްބަރު 2021 | ބުދަ 11:23

ބެންޒެމާގެ ޖަލު ތަންފީޒުކުރަން ޖެހޭނީ އެކަން ތަކުރާރުކޮށްފިނަމަ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ނޮވެމްބަރު 2021 | ބުދަ 11:23
ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ

ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ

އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކަން މަސައްކަތްކުރި މައްސަލައިގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން 33 އަހަރުގެ ބެންޒެމާ އާއި އަންހެނަކު ގުޅިގެން ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވަނީ 2015 ވަނަ އަހަރު ފްރާންސުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންނެވެ. މި މައްސަލައިގައި 2015 ވަނަ އަހަރު ބެންޒެމާ ހައްޔަރުކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލާފައެއް ނުވެއެވެ. އެކަމަކު އެ ފަހަރު މި މައްސަލައިގައި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ބެންޒެމާ ބޭރުކުރިއެވެ.

ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދިޔައިރު، ބުދަ ދުވަހު ފްރާންސްގެ ކޯޓަކުން ވަނީ ބެންޒެމާއަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު އެ ޖަލު ހުކުމަކީ ސަސްޕެންޑެޑް ހުކުމަކަށްވާތީ، އެ ހުކުމް ތަންފީޒުކުރަން ޖެހޭނީ އެކަން ތަކުރާރުކޮށްފިނަމައެވެ.

މި މައްސަލައިގެ އަޑުއެހުން ކުރިއަށްދިޔައިރު، ބެންޒެމާ އާއި ވަލްބުއޭނާވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބެންޒެމާގެ ވަކީލު ވަނީ ކޯޓުގެ ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، ފްރާންސްގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުން ބެންޒެމާ ވަނީ ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން ބެލްކްމެއިލް ކުރާ މީހާ ލައްވައި ވަލްބުއޭނާއަށް ގުޅައި، ބިރު ދެއްކުމުގެ އިތުރުން، އެކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

މިކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާއަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައި ނުވި ނަމަވެސް، މި އަހަރުގެ ހޫނު މޫސުމުގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެންޒެމާ ވަނީ އަލުން ފްރާންސްގެ ސްކޮޑަށް ނަގާފައެވެ.

ކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

07 އެޕްރީލު 2024

ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ

07 އެޕްރީލު 2024
ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ
07 އެޕްރީލު 2024

ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!

07 އެޕްރީލު 2024
ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!
15 ސެޕްޓެމްބަރު 2023

ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް

15 ސެޕްޓެމްބަރު 2023
ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް
04 ޖޫން 2023

ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި

04 ޖޫން 2023
ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި
02 ޖޫން 2023

ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި

02 ޖޫން 2023
ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި
28 ފެބުރުއަރީ 2023

އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް

28 ފެބުރުއަރީ 2023
އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް
07 ފެބުރުއަރީ 2023

އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ

07 ފެބުރުއަރީ 2023
އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ
12 ޖެނުއަރީ 2023

ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ

12 ޖެނުއަރީ 2023
ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2022

ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި

20 ޑިސެމްބަރު 2022
ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި
17 ޑިސެމްބަރު 2022

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

17 ޑިސެމްބަރު 2022
"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް