Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ވޮލީ ޓީމު އެކުލަވާލުން

އުއްމީދީ ބަދަލުތަކަކާއެކު ގައުމީ ވޮލީ ޓީމު އެކުލަވާލައިފި

މި ފަހަރުގެ މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ނޮވެމްބަރު 2021 | ބުދަ 10:18
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން

އުއްމީދީ ބަދަލުތަކަކާއެކު އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އެކުލަވާލައިފިއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ މުބާރާތާ ގައުމީ ފިރިހެން ވޮލީ ޓީމު ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު ކާއްޓޭ އަދާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މީގެ ކުރިންވެސް ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

މި މުބާރާތަށް ތައްޔާރުވާން 21 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށިއިރު، ބުދަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ 15 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކޮށްފައެވެ. މި ސްކޮޑުގައި ޒުވާން ތިން ކުޅުންތެރިއަކު ހިމެނިއިރު، އެ ތިން ކުޅުންތެރިންނަކީ އުމުރުން 17 އަހަރުގެ މާއިޝް އަޙްމަދާއި، އުމުރުން 19 އަހަރުގެ އަޙްމަދު ނާފިއު އަދި އުމުރުން 20 އަހަރުގެ ޝާމިލް މުޙައްމަދެވެ. މި ތިން ކުޅުންތެރިންނަކީވެސް ގައުމީ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން ގައުމީ ސްކޮޑު ފައިނަލްކުރިއިރު، ވީއޭއެމުގެ ޓެކްނިކަލް ކޮމިޓީން މީގެ ކުރިން ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ސްކޮޑުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކާއްޓޭ ބުނީ މުބާރާތަށް ސްކޮޑް ފައިނަލް ކުރާއިރު ވީއޭއެމުން ކަނޑައަޅާފައިވާ އުސޫލުތަކެއް ބަލާނެ ކަމަށާއި، އެގޮތުން ޓީމަށް ކުޅުންތެރިން ނެގުމުގައި ހާޒިރީއަށް ބެލުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޓީމުގެ ޒުވާން ދެ ކުޅުންތެރިއަކު ހިމަނަން ހަމަޖެހިފައިވާތީ، އެއީ ސީނިއާ ކުޅުންތެރިންނަށްވެސް އޮތް ޗެލެންޖެއްކަމަށްވެސް ކާއްޓޭ ވަނީ ބުނެފައެވެ.

ސެންޓްރަލް ޒޯން މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، މުބާރާތަށް ތައްޔާރުވާން ބަހްރޭނުގައި ކުރާ ކޭމްޕުގައި ބައިވެރިވާނީ މި ފަހަރު އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. ސެންޓްރޯލް ޒޯނުގެ ކުރިން ބަހްރޭނުގައި ރާއްޖޭގެ ވޮލީބޯޅަ ޓީމުތައް ކޭމްޕުކުރާއިރު، މިއީ ދާދި ފަހުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބަހްރޭނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލިބުނު ފުރުސަތެކެވެ.

އަންނަ މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މީގެ ކުރިން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތްތައް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައި އޮތްއިރު، ރާއްޖެ ވާދަކުރަން އޮތީ ދެކުނު އޭޝިއާގެ މުބާރާތުގައެވެ. އެކަމަކު އެ ތިން މުބާރާތުގެ ބަދަލުގައި އެއް މުބާރާތް ބާއްވަން ނިންމުމާއެކު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި އުޒްބެކިސްތާން ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭނެއެވެ.

މީގެ އިތުރުން އަންނަ މަހު ސެންޓްރަލް ޒޯނުގެ އަންހެން ވޮލީބޯޅަ މުބާރާތްވެސް ބަންގާޅުގައި ބާއްވާއިރު، އެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ކިރްގިސްތާނާއި، ނޭޕާލް އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.  އެ މުބާރާތާ ގައުމީ އަންހެން ވޮލީ ޓީމު ކުރިމަތިލާނީ މުމްތާޒް އަލީ (މުންތޭ) ގެ އިރުޝާދުގެ ދަށުންނެވެ.

ގައުމީ ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
24 އޮކްޓޯބަރު 2024

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
23 އޮކްޓޯބަރު 2024

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު