Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ލޯންޗުގައި ރޯކޮށްލުން

ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލައިގެ ދައުވާލިބޭ ފަރާތަކަށް ޗިޓް ލިބިފައިނުވާތީ އަޑުއެހުން ކެންސަލް

މި މައްސަލައިގައި 2 މީހަކަށް ދައުވާކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ނޮވެމްބަރު 2021 | ބުދަ 05:56
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާތައް އުފުލި ދެ މީހުންގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލް ކޮށްފައިވަނީ ވާރޗުއަލްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް މާފުށީ ޖަލުން ރޫމެއް ނުލިބުމުގެ ސަބަބުންނާއި، ދައުވާލިބޭ އެއް ފަރާތަށް ޗިޓް ރައްދުވެފައި ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސަފްވަތު ޙަބީބެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ވާހަކަ ދެއްކުމެވެ. ނަމަވެސް މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ބައެއް ލިއެކިއުންތައް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވާފައެވެ.

އަދި ދައުލަތުން ވެސް ވަނީ ދިފާއީ ވަކީލު ހުށަހަޅުއްވާފައިވާ މެއިލް ލިބިފައިވާކަން ކަށަވަރު ކުރުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވައި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމެވުމުގެ ބައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ދިފާއީ ވަކީލު ވަނީ ދެ ދައުވާގެ ހުށަހެޅުންތަކަށް އެއް މަޖިލީހެއްގައި ބަހުސްކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ޙަބީބު ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ 3 ހުށަހެޅުން ލިބުމުން، އެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ދައުލަތަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ.

ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދެފަރާތުން ހުށަހެޅުންތަކަށް ވާހަކަ ދެއްކުމުގެ ބައި ކުރިއަށް ގެންދަވާނެކަން ފާހަގަ ކުރައްވައި، ދެފަރާތަށް ލިއުމުން ހުށައެޅުންތައް ހުށަހެޅުމަށް ބޭނުންވާނަަަމަ އެ ފުރުސަތު ދެއްވާފައެވެ. އަދި އެއާއެކު އެ އަޑުއެހުން ވަނީ ކުރުކޮށްލައްވާފައެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ދުވަހުއެވެ. 

ޓެރަރިޒަމްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު