Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީ އާއި ޔުނައިޓެޑް ދެވަނަ ބުރަށް

ޔުނައިޓެޑް މޮޅުވީ ވިޔަރެއާލް އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2021 | ބުދަ 04:10
ޗެލްސީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގައެއް ޗެލްސީން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެންޓޯނިއޯ ރޫޑިގާ ދިން ބޯޅައަކުންމި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެވޯ ޗަލޯބާއެވެ. އަދި ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރީސް ޖޭމްސް ވަނީ ލަނޑެއް ޖަހައި، ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ.

އަދި އޭގެ ތިން މިނެޓު ފަހުން ރުބެން ލޮފްޓަސް-ޗީކް ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއި އެވެ. އޭގެ ފަހުންވެސް މި މެޗުގައި ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ހަތަރުވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާއިން ރަނގަޅުވެ ދާދި ފަހުން ކުޅުމުގެ ތެރެއަށް އެނބުރި އައި ޓިމޯ ވާނާއެވެ.

މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް ޗެލްސީން ހޯދިއިރު، ގްރޫޕް އެޗްގެ އެއްވަނައަށް އެ ޓީމު ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށްވެސް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މީގެ ކުރިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ގަދަ 16 ގެ ޖާގައެއް ޔުނައިޓެޑުން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ވިޔަރެއާލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗަކީ ޔުނައިޓެޑުގެ ކޯޗުގެ މަގާމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށްފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެއާއެކު ވިޔަރެއާލް ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް އިރުޝާދުދީފައިވަނީ ވަގުތީ ކޯޗު މައިިކަލް ކެރިކެވެ. ކެރިކް މީގެ ކުރިން ހުރީ ސޯލްޝެއާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑުު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައެވެ. ވިޔަރެއާލުގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗުގެ ފަހު މިނެޓުގައި ޖޭޑަން ސަންޗޯ ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މި އަހަރުގެ ހޫނު މޫސުމުގައި ޔުނައިޓެޑަށް ބަދަލުވުމަށްފަހު ސަންޗޯ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކުރީ ބާކީ މެޗެއް އޮއްވައެވެ. އެގޮތުން ގްރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ވިޔަރެއާލަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެޓަލާންޓާ އޮތީ ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ޔަންގް ބޯއީސްއަށް ފަސް މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ޗެމްޕިއަންސް ލީގުޗެލްސީޔުވެންޓަސްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު