Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިފެންސް މިނިސްޓަރ އިންޑިޔާއަށް

6 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިޔާއަށް ވަޑައިގެންފި

މިނިސްޓަރަށް މަރުހަބާ ދަންނަވާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ރިއާ އެޑްމިރަލް ޓީވީއެން ޕްރަސާނާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2021 | އަންގާރަ 17:04
މިނިސްޓަރ މާރިޔާއަށް މަރުހަބާ ދަންނަވަނީ

މިނިސްޓަރ މާރިޔާއަށް މަރުހަބާ ދަންނަވަނީ

6 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެންފިއެވެ.

އަންގާރަ ދުވަހު މިނިސްޓަރ މާރިޔާ ކޮޗިންއަށް ވަޑައިގެންފައިވާއިރު، މިނިސްޓަރަށް މަރުހަބާ ދަންނަވާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ރިއާ އެޑްމިރަލް ޓީވީއެން ޕްރަސާނާއެވެ.

Advertisement - newsAdvertisement

މިނިސްޓަރގެ މިދަތުރުފުޅާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިދަތުރުފުޅުގައި މިނިސްޓަރ އިންޑިއާގެ ނޭވަލް އެކަޑަމީން ބާއްވާ ޕާސިންގ އައުޓް ޕެރޭޑް ޝަރަފްވެރި ކޮށްދެއްވާނެ ކަމަށެވެ. މިއާއެކު އެ ޕެރޭޑު ޝަރަފުވެރި ކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް މިނިސްޓަރ މާރިޔާ ވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، އިންޑިއާގެ ޑިފެންސްގެ ޓްރެއިނިންގ ފެސިލިޓީތަކަށް ޒިޔާރަތްކުރައްވައި، އެ ގައުމުގައި ޓްރެއިނިން ހަދަމުންދާ އެމްއެންޑީއެފްގެ އޮފިސަރުންނާ އެކަމަނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ ވަނީ، އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު މުނޫ މަހާވަރުއާ ބައްދަލު ކުރައްވާފައެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ވަނީ 2019 ވަނަ އަހަރުވެސް އިންޑިއާއަށް ވަޑައިގެންފައެވެ.

އެދަތުރުފުޅުގައި އެގައުމުގެ ޑިފެންސް މިނިސްޓަރާ މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން، ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑަރ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އިންޑިއާމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު