Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗޭންޖް އެންޑީއޭ ޕެޓިޝަން

އެންޑީއޭއަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓް ހަމަޖެއްސުމަށާއި، މަސްތުވާތަކެއްޗާގުޅޭ މާސްޓަރ ޕޮލިސީއެއް ހެދުމަށް ހުށަހަޅައިފި

މިޕެޓިޝަން، ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ނޮވެމްބަރު 2021 | އަންގާރަ 14:12
އެންޑީއޭ

އެންޑީއޭ

ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރި ޕެޓިޝަން ކޮމިޓީން ކަމާގުޅުންހުރި އިދާރާތަކަށް މައިގަނޑު 10 ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މިއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސްޕޮންސަރ ކުރައްވާ ހުށަހަޅުއްވާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަންގައި 1050 ފަރާތަކުން ސޮއިކޮށްފައިވެއެވެ. މިޕެޓިޝަން ހުށަހަޅާފައިވަނީ ހޭންޑްސް ޓުގެދަރގެ ފަރާތުން، ހ. މައިޒާން މުހައްމަދު ނަވީޒް ސަލީމްއެވެ. މިޕެޓިޝަން ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ގައުމަށް ދިމާވެފައިވާ އެންމެބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެއްޗާއި ބެހޭ ގަނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އުފެދިފައިވަނީނަމަވެސް އެންޑީއޭގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލްވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ގައުމު އިތުރަށް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވެއްޓެމުންދާކަން ފާހަގަކޮށް އެންޑީއޭ ޒަމާނާ އެއްގޮތަށް އަލުން އިސްލާހުކުރުމަށް ނުވަތަ ރީސްޓްރަކްޗަރ ކުރުމަށް ވަނީ އެދިފައެވެ.

ކޮމިޓީން ވަނީ މިޕެޓިޝަން ދިރާސާކުރުމަށްޓަކައި ރާއްޖޭގައި ގާއިމުކޮށްފައިވާ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަނެފައިވެއެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއަކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.

ކޮމިޓީން ކުރިޔަށްގެންދިޔަ ދިރާސާތަކުގައި މައިގަނޑު 17 ހޯދުމެއް ވަނީ ހޯދާފައެވެ. އަދި ކޮމިޓީން ވަނީ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް 10 ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެންޑީއޭއަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބަޖެޓް ހަމަޖެއްސުމާއި، ފަރުވާގެ ނިޒާމު ލާމަރުކަޒު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ވަޒީފާގެ ފުރުސަތު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށާއި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި، މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ކަންކަމުގައި އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވަމުންދާތީ، އެކަމުގައި އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ޑީޕޯޓްކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ވީހާވެސް އަވަހަށްކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޕޯސްޓް އަދި ކާގޯގެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެކުރެވޭތީ. އެތަކެތި އެތެރެވުމަށް އޮންނަ ހުރިހާ މަގެއް ބަންދުކޮށް، ކަމާގުޅޭ އިދާރާތަކުން އެކަމަށް ފާރަވެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެންޑީއޭގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުން ހެދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މަސްތުވާތަކެއްޗާ ގުޅޭގޮތުން މާސްޓަރ ޕޮލިސީއެއް ހަދައި، މިޕޮލިސީއަކީ ރާއްޖޭގެ ވެރިކަން ބަދަލުވުމުން ބަދަލުވާ ޕޮލިސީއެއް ކަމުގައިނުވުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސްނޭޝަނަލް ޑްރަގް އޭޖެންސީ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ

07 އޮކްޓޯބަރު 2025
3 އަހަރުގެ މުއްދަތަކަށް އެންޑީއޭއަށް ސީއީއޯ އެއް ހޯދަނީ
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
22 ސެޕްޓެމްބަރު 2025

ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!

22 ސެޕްޓެމްބަރު 2025
ނޭޝަނަލް ޑްރަގް އެޖެންސީން ޔޫރިން ކިޓް ހުސްވެ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާ ހުއްޓުމަކަށް!
01 ސެޕްޓެމްބަރު 2025

އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ

01 ސެޕްޓެމްބަރު 2025
އޭވިއޭޝަންގެ ލައިސަންސް އޮންނަ މުވައްޒަފުންނަށް އެންޑީއޭއިން ޑްރަގް ޓެސްޓް ހަދަނީ
17 ޖުލައި 2025

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ

17 ޖުލައި 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ފަރުވާގެ ނިޒާމެއް ނެތް - ކޭޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު