Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޑީއެއް ގޮއްވާލަން ރޭވުން

އައިޑީއެއް ގޮއްވާލަން ރޭވި މައްސަލައިގައި ދައުވާ އުފުލާފައިވާ އިއުތިސާމް ޝަރީއަތް ނިމެންދެން ބަންދު

23 ނޮވެމްބަރު 2021 | އަންގާރަ 08:18

އޭނާއަކީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2021 | އަންގާރަ 08:18
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަޒީމް

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަޒީމް

2017 ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ އޭނާގެ 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވެގެންނެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަޒީމެވެ. އެގޮތުން މި މައްސަލަ މިހާރު ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އޭނާއަކީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ. އެގޮތުން އެ މައްސަލައިގައި އޭނާއާއެކު ހައްޔަރު ކުރި ފަރާތްތައް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ދައުލަތުން އޭރު އެ މައްސަލަ ހައިކޯޓަށް ހުށައެޅިއެވެ. އަދި ހައިކޯޓުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެ މައްސަލައިގައި އެމީހުން ބަންދުން ދޫކޮށްލަން ނިންމި ނިންމުން ބާތިލު ކަމަށް ނިންމާފައެވެ. އެއާއެކު އެ މައްސަލައާ ގުޅޭ ދައުވާތައްވެސް ވަކިން ކޯޓުގައި ކުރިއަށް ދެއެވެ.

އިއުތިސާމް މުހައްމަދު ސައީދު އޭރު ހައްޔަރުކުރީ، އެ މައްސަލައިގައި ހިމެނޭ ހއ ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް، ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ، އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުނަށް ފޯރުކޮށްދޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމް މުހައްމަދު ސައީދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވިގެންނެވެ. އެކަން ހައިކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

ހައިކޯޓުގެ ރިޕޯޓުގައި އިއުތިސާމް މުހައްމަދު ސައީދާ ގުޅުވާލެވޭ ހެކިތަކުގެ ތެރޭގައި ބަޔާން ކޮށްފައިވަނީ އެ މީހުން ފިޔަވައި އިތުރު އެހެން އެއްވެސް ބަޔަކަށް ނުވަދެވޭގޮތަށް ހަދާފައިވާ ތަނެއްގައި، އެކަމުގައި ބޭނުންކުރާ ބައެއް ކެމިކަލް ބޭނުންކޮށްގެން އައިއިޑީއެއް ހަދައި ގޮއްވާލުމަށް އުޅޭކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މުހައްމަދު ތަސްލީމަކީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންވެސް ދައުވާ އުފުލައި ޝަރީއަތް ހިންގެމުންދާ ފަރާތެކެވެ.

ހަރުކަށި ފިކުރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް