Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ވެކްސިން

އިތުރު 433 މީހަކު ބޫސްޓަރ ޑޯޒް ޖަހައިފި

ކޮވިޑް-19 ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 362،326 އަށް އަރާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 04:21
ކޮވިޑް-19 ވެކްސިން ޖެހުން

ކޮވިޑް-19 ވެކްސިން ޖެހުން

އިތުރު 433 މީހަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ބޫސްޓަރ ޑޯޒް ޖެހި 433 މީހުންގެ ތެރެއިން 303 މީހަކު ވަނީ އަތޮޅުތެރެއި ވެކްސިން ޖަހާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 130 މީހުންނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 6،722 އަށް އަރާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 49 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 40 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 9 މީހުންނެވެ. މިއާއެކު މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 395،373 އަށް އަރާފައެވެ.

މީގެ އިތުރުން ހޯމަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 247 މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މާލެ ސަރަހައްދުން 191 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި އަތޮޅުތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 56 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ވަނީ 362،326 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި 6 ސެންޓަރަކުން ގެންދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި ވެކްސިން ޖަހައިދިނުމަށް 3 މޮބައިލް ޓީމް ހަރަކާތްތެރިވަމުންދެއެވެ. އަތޮޅުތެރޭގައި 176 ސެންޓަރަކުން ވެކްސިން ޖަހައި ދެމުންދެއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން، ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓަރ ޑޯޒު) ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޑޯޒް ޖަހައިދެމުންގެންދަނީ އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުންނެވެ.

ތިން ވަނަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒަރ ވެކްސިން އެކަންޏެވެ. ބޫސްޓަރ ޑޯޒް ޖެހޭނީ ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސްދުވަސްވެފައިވާ ފަރާތްތަކަށެވެ.

ކޮވިޑް-19 ވެކްސިންއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު