Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާކުރުން

ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓުގެ ޓައިމްލައިނަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، 1 ޖެނުއަރީ 2022ގެ ކުރިން ގެޒެޓްގައި ޝާއިއުކުރަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 18:53
ޕްލާސްޓިކާއި ކުނީގެ ބާވަތްތަކުން ފަޅުތެރެ ތަޣައްޔަރުވެފައި

ޕްލާސްޓިކާއި ކުނީގެ ބާވަތްތަކުން ފަޅުތެރެ ތަޣައްޔަރުވެފައި

ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ, ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ޓައިމްލައިނަށް, ރާއްޖެއަށް މުދާ އެތެރެކުރާ އަދި އުފައްދާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް މިފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، 1 ޖެނުއަރީ 2022ގެ ކުރިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންޖެހެއެވެ. އެއިސްލާހު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައެވެ.

Advertisement - newsAdvertisement

މިނިސްޓްރީން މިހާރު ޑްރާފްޓް ކޮށްފައިވާ ލިސްޓަށް ޚިޔާލާއި ކޮމެންޓް، މިނިސްޓްރީން ދޭ ފޯމެޓް ބޭނުންކޮށްގެން، ނޮވެމްބަރ މަހުގެ 28ވާ އާދީއްތަ ދުވަހުގެ 2ގެ ކުރިން، މިނިސްޓްރީގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ލިސްޓުގެ ޓައިމްލައިނަށް ކޮމެންޓް ހޯދަން ހުށަހަޅާފައިވާ ފޯމެޓްމިނިސްޓްރީގެ ވެބްސައިޓުންޑައުންލޯޑްކުރެވޭނެއެވެ.

މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ލިސްޓުގައި، 13 ބާވަތެއްގެ ޕްލާސްޓިކް ބާޒާރަށް ނެރުމާއި ވިއްކުމާއި އުފެއްދުން މަނާކުރުމަށް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ބާޒާރަށް ނެރުމާއި ވިއްކުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، މާޗް 1، އަދި ސެޕްޓެމްބަރ 1އެވެ. އުފެއްދުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، އަދި ޑިސެމްބަރ 1އެވެ.

1 ޖޫން 2022 ގައި ބާޒާރަށް ނެރުމާއި ވިއްކުމާއި އުފެއްދުން މަނާކުރާ ޕްލާސްޓިކްގެ ބާވަތްތަކަކީ:

- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި

- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

- ބާޒާރުކުރަން ބޭނުންކުރާ، 30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކްވެސް ހިމެނޭ ގޮތަށް)

- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓްކުރާ ސުޕާރީ

- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި

- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު

- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި

1 މަރޗް 2022ގައި ބާޒާރަށް ނެރުމާއި ވިއްކުން މަނާ އަދި 1 ޖޫން 2022ގައި އުފެއްދުން މަނާ ޕްލާސްޓިކްގެ ބާވަތްތަކަކީ:

- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

1 މަރޗް 2022ގައި ބާޒާރަށް ނެރުމާއި ވިއްކުން މަނާ އަދި 1 ޑިސެމްބަރ 2022ގައި އުފެއްދުން މަނާ ޕްލާސްޓިކްގެ ބާވަތްތަކަކީ:

- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކްވެސް ހިމެނޭ ގޮތަށް)

- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި

- ރާއްޖެއަށް އިމްޕޯޓްކުރާ އަދި އުފައްދާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

1 ސެޕްޓެމްބަރ 2022ގައި ބާޒާރަށް ނެރުމާއި ވިއްކުން މަނާ އަދި 1 ޖޫން 2022ގައި އުފެއްދުން މަނާ ޕްލާސްޓިކްގެ ބާވަތްތަކަކީ:

- ރާއްޖެއަށް އިމްޕޯޓްކުރާ އަދި އުފައްދާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

- ރާއްޖެއަށް އެތެރެކުރާ އަދި އުފައްދާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި

ޕްލާސްޓިކްއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު