Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ އަލުން ދެވަނައަށް، ކޮންޓޭއާއެކު ޓޮޓެންހަމަށް މޮޅެއް

ޓޮޓެންހަމް މޮޅުވީ ލީޑްސް އަތުން 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 20:30
ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން

ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ޖެހިލިއިރު، ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށް އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ އެވަޓަން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖާއޯ ކަންސޭލޯ ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މި މެޗުގައި ސްޓާލިން ލަނޑު ޖެހިއިރު، މި މެޗަކީ އޭނާ ލީގުގައި ކުޅުނު 300 ވަނަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ސިޓީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ރޮޑްރީއެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން ވަނީ 25 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލީގުގައި އަދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ލީޑްސް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މަހުގެ ކުރީކޮޅު ޓޮޓެންހަމުގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސިއިރު، އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި އެވަޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެކަމަކު އެ މެޗުގެ ކުރިން ކޮންޓޭގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ވަނީ ޔުއެފާ ކޮންފަރެންސް ލީގުގައި ވީޓެސް އަތުން ހަނިގޮތަކަށް މޮޅުވެފައެވެ.

އަދީއްތަ ދުވަހުގެރޭ ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލީޑްސްއިންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖެކް ހެރިސަން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޖޭމްސްއެވެ.

އެކަމަކު ދެވަނަ ހާފުގައި ކުޅެން އެރި ލޫކަސް މޯރާ ދިން ބޯޅައަކުން މެޗުގެ 58 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއާ ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޓޮޓެންހަމް މޮޅުވީ މެޗުގެ 69 ވަނަ މިނެޓުގައި ސާޖީ ރެގީލޯން ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

މި މޮޅާއެކު ތާވަލުގެ ހަތްވަނައަށް ޓޮޓެންހަމް ޖެހިލިއިރު، އެ ޓީމަށް ވަނީ 12 މެޗުން 19 ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ޓޮޓެންހަމް މޮޅުވުމާއެކު ތާވަލުގެ އަށްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ވެއްޓުނުއިރު، އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީޓޮޓްނަމް ހޮޓްސްޕަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު