Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހުގެ ސަރުކާރަށް 3 އަހަރު

"އިސްލާމް ދީނާއި، ގައުމާއި ރައްޔިތުންގެ ދިފާއުގައި ދިވެހި ސިފައިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ"

ސިފައިންގެ ކޮންމެ އޮފިސަރެއްވެސް މަސައްކަތް ކޮށްފައިވާނީ ރައްޔިތުންގެ ހައްގުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2021 | ހުކުރު 13:06
ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު ތެރެއިން

ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއު ތެރެއިން

މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ގައުމާއި، ރައްޔިތުންގެ ދިފާއުގައި ސިފައިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ސިފައިންނަކީ އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި ނުކުމެ މަސައްކަތް ކުރަމުންދާ ބައެއްކަން ފާހަގަ ކުރައްވައި ވައިސް ޗީފް ވިދާޅުވީ، ސިފައިން ތިބެނީ އަބަދުވެސް، ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ގާތުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަފާތު 4 ސަރަހައްދެއްގައި އެމްއެންޑީއެފްގެ މަރުކަޒުތައް ގާއިމުކޮށްގެން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ. އެ މަރުކަޒުތަކުގެ ދަށުންވެސް އެމްއެންޑީއެފްގެ އިތުރު ޕޯސްޓުތައް ހިންގަމުންދާކަން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮވިޑުގެ ހާލަތުގައިވެސް ސިފައިންގެ ކޮންމެ އޮފިސަރެއްވެސް މަސައްކަތް ކޮށްފައިވާނީ ރައްޔިތުންގެ ހައްގުގައިކަމަށް ވައިސް ޗީފް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ކޮންމެ އޮފިސަރަކީވެސް ހުވައެއްގެ މަތީގައި ތިބޭ ބައެއްކަން ފާހަގަ ކުރައްވައި ވައިސް ޗީފް ވިދާޅުވީ، އިސްލާމް ދީނާއި ގައުމު ދިފާއު ކުރުމުގައި ފުރާނައިން ގުރުބާންވާން ކޮންމެ ސިފައިންގެ އޮފިސަރެއްވެސް ހުންނާނީ ތައްޔާރަށް ކަމަށެވެ. އަދި އިސްލާމް ދީނާއި، ގައުމާއި ރައްޔިތުންގެ ދިފާއުގައި ސިފައިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ވައިސް ޗީފް ދެއްވިއެވެ.

ވައިސް ޗީފް ވަނީ ރައްޔިތުންގެ މުދަލާއި، ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށްޓަކައި ކޮންމެ ސިފައިންގެ މީހަކުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސިފައިންގެ ލީޑަރޝިޕްގެ ނަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދެއްވާފައެވެ.

ދިވެހި ސިފައިންގެ ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމިގެން ދަނީ ގައުމުގެ ހައްގުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށް، ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ. އެއަށްފަހު މިހާތަނަށް ދިވެހި ސިފައިން ވަނީ އެކި ރޮނގު ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރައްޔިތުންނަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު