Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ގއ. ފެންފުއްޓާގެ އުތުރުފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި

8 ނޮވެމްބަރު 2026 | އާދީއްތަ 08:16

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި "ދެރަހަ" ބޯޓު ގއ. ފެންފުއްޓާ ފަރަށް އެރުމާ ގުޅިގެން، އޭގައި ތިބި 10 ފަޅުވެރިން އެމްއެންޑީއެފް ކޯސްޓްގާޑުން ރޭ ވަނީ ސަލާމަތްކޮށްފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ބޯޓުގެ ވެރިފަރާތާ ގުޅިގެން އެ އުޅަނދު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ނޮވެމްބަރު 2026 | އާދީއްތަ 08:16
ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓު

ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓު | އެމްއެންޑީއެފް

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ. 

އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރުފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ހާދިސާގެ މައުލޫމާތު ނޮވެންބަރު 8 ވަނަ ދުވަހުގެ 00:40 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެގޮތުން، މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައިވާ ކަމަށާއި އަދި ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައި ތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރ ކްރާފްޓަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

'ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، އެ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފަ އެވެ.

'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދެރަހައެމްއެންޑީއެފް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް!

06 ނޮވެމްބަރު 2026
ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް!
06 ނޮވެމްބަރު 2026

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

06 ނޮވެމްބަރު 2026
ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
26 އޮކްޓޯބަރު 2026

ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!

26 އޮކްޓޯބަރު 2026
ބަނޑޭރިކޮށި ހުސްކުރަން އެންގި މައްސަލަ: އެމްއެންޑީއެފްގެ ބަހެއް ނުލިބުނު!
26 އޮކްޓޯބަރު 2026

ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

26 އޮކްޓޯބަރު 2026
ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
26 އޮކްޓޯބަރު 2026

ނަޞްރުގެ ދުވަހާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދަނީ!

26 އޮކްޓޯބަރު 2026
ނަޞްރުގެ ދުވަހާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދަނީ!
26 އޮކްޓޯބަރު 2026

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް

26 އޮކްޓޯބަރު 2026
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވުން: ހާދިސާ އިތުރަށް ތަހުގީގުކުރުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް އެ ރަށަށް
25 އޮކްޓޯބަރު 2026

ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!

25 އޮކްޓޯބަރު 2026
ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!
25 އޮކްޓޯބަރު 2026

ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

25 އޮކްޓޯބަރު 2026
ފުނަދޫ ބަނދަރުގެ ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ
01 އޮކްޓޯބަރު 2026

ހަތް މީހުންނާއެކު ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި

01 އޮކްޓޯބަރު 2026
ހަތް މީހުންނާއެކު ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި
30 ސެޕްޓެމްބަރު 2026

ތަހުގީގީ ރިޕޯޓް: ރޯވެފައިވާ އިމާރާތަކަށް ކަރަންޓު ދިނީ ކާކު؟ ކަރަންޓު ނުކަނޑާ އަލިފާން ނިއްވަން އުޅުނީ ގަސްތުގައި ލަސްކުރަންތަ؟

30 ސެޕްޓެމްބަރު 2026
ތަހުގީގީ ރިޕޯޓް: ރޯވެފައިވާ އިމާރާތަކަށް ކަރަންޓު ދިނީ ކާކު؟ ކަރަންޓު ނުކަނޑާ އަލިފާން ނިއްވަން އުޅުނީ ގަސްތުގައި ލަސްކުރަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް