Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފައިސަލް ނަސީމް

"އަޅުގަނޑު ބޭނުންވޭ ސްކޫލް ދޮށަށް ކުދިން ގޮވައިގެން ދާން، އެކަން ނުކުރެވޭތީ ވަރަށް ދެރަވޭ"

މިއުޒިކާއި ލަވަ އަޑުއެއްސެވުމަކީ ކުރައްވާ ކަމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2021 | ހުކުރު 08:33
ނާއިބުރައީސަކީ، އިޖުތިމާއި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް

ނާއިބުރައީސަކީ، އިޖުތިމާއި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް

"އަޅުގަނޑު ބޭނުންވޭ ސްކޫލް ދޮށަށް ކުދިން ގޮވައިގެން ދާން، އެކަން ނުކުރެވޭތީ ވަރަށް ދެރަވޭ" މިއީ ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުގައި ރާއްޖޭގެ ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވި ވާހަކަކޮޅެކެވެ. ފައިސަލަކީ އަބަދުވެސް މީހުންނަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނަވާ ބޭފުޅެކެވެ. ސާދާ ދިރިއުޅުމަކަށް ލޯބި ކުރައްވައެވެ.

ރައްޔިތުންގެ ބޮޑެތި ޒިންމާތަކެއް މިހާރު އިސްތަށިފުޅުގައި އެޅިފައިވާތީ، އާއިލާއަށް ވަރަށް ވަގުތު ނުދެވޭ ކަމަށާއި، މިހާރު ހުރިހާ ވަގުތެއް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވީ، ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް މި ވެރިކަމުގައި ބޯމަތިވި ހީވެސް ނުކުރާ ކަމެއްގެ ސަބަބުން ހުރިހާ ވަގުތެއް މަސައްކަތުގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އަމިއްލަފުޅު ދިރިއުޅުއްވުމުގެ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ވިދާޅުވީ، އަބަދުވެސް ބައްޕާފުޅު ދެއްވާފައިވާ ނަސޭތަހުގެ ބަސްފުޅުތައް ހަނދުމަ ކުރައްވާ ކަމަށެވެ. އެގޮތުން، ވަޒީފާއަށް ވަޑައިގެންނެވި ފުރަތަމަ ދުވަސް އެއީ، 1992 ސެޕްޓެމްބަރ 23ވަނަ ދުވަހު ބައްޕާފުޅު ވިދާޅުވީ، "އެނބުރި ނާންނައްޗޭ" އެވެ. އަދި ފައިސަލްގެ ބައްޕާފުޅުގެ ނަމުން މީހުން ބައްޕާފުޅަށް ނިސްބަތްކޮށް ވާހަކަދައްކާނެ ދުވަހަކާ ހަމައަށް މަސައްކަތް ކުރެއްވުމަށެވެ.

މިއުޒިކާއި ލަވަ އަޑުއެއްސެވުމަކީ ކުރައްވާ ކަމެއް ކަމަށާއި، އިންސާނާގެ ސިކުނޑިއަށް ލުއިކަން ހޯދުމަށްޓަކައި އެކަހަލަ ކުދިކުދި ކަންކަން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނާއިބްރައީސަށް އެންމެ ކަމުދަނީ ކުރީގެ ސެންޓުތަކެވެ. އެގޮތުން ކޫލް ވޯޓަރ، ބޮސް ފަދަ ސެންޓްތައް މިހާރުވެސް އެމަނިކުފާނުގެ ސެންޓް ލިސްޓުގެ ކުރިން ޖާގަ ހޯދައެވެ.

އިޖުތިމާއީ މައްސަލަތައް ބެއްލެވުމަށް އަބަދުވެސް ޝައުގުވެރިވެވަޑައިގަންނަވާ ފައިސަލް މިހާރުވެސް އެ މަސައްކަތުގައި އުޅުއްވައެވެ. ކޮންމެ މީހަކީ މުހިއްމު މީހެއްކަމަށް ދެނެގަނެ ހަމަހަމަ ކަމާއެކު ޚިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ފައިސަލް ގަބޫލު ކުރައްވައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން އުފެދުނީ މަންމަގެ ފަރާތުންނެވެ. ގެ ކައިރީގައި އުޅުނު އެހީތެރިކަން ބޭނުންވާ މީހަކަށް މަންމަ އެހީތެރިވާތަން ފެނި އެކަމަށް ޝައުވެރިކަން އުފެދި 1990ގެ މެދުތެރޭގައި ޚާއްސަ ޖައްއިއްޔާއެއްވެސް އުފެއްދެވިއެވެ. އެކަމަށް ހޭލުންތެރިކުރުން އެއީ އެންމެ ބޮޑު މަގްސަދު ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގައި 26 އަހަރު ހޭދަކުރެއްވިއެވެ. އެންމެ ފުރަތަމަވެސް ފެށްޓެވީ، އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައެވެ. އެއީ އުމުރުން 20 އަހަރުގައެވެ.  އެކަމުން ވަރަށް ގިނަ ތަޖުރިބާތަކެއް ލިބުނު ކަމަށް ވިދާޅުވިއެވެ. މިއަދު ގިނަ ބަޔަކާ އެއްކޮށް އުޅެން ދަސްވުމުގެ ނަތީޖާއަކީވެސް އޭރުގެ ތަޖުރިބާ ކަމަށް ފައިސަލް ސިފަ ކުރެއްވިއެވެ.

ފައިސަލަކީ އާރކިޓެކްޗަރ އަދި އިންޓީރިއަރ ޑިޒައިންގެ މަސައްކަތްވެސް ކުރައްވާ ބޭފުޅެކެވެ. ނާއިބުރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ރިސޯޓްތަކުގެ ޑިޒައިން މަސައްކަތް ކުރެއްވިއެވެ. އަދި ސިޔާސީ ދާއިރާއިން ދުރުގައި މަސައްކަތް ކުރައްވާނަމަ ފެނިވަޑައިގަންނަވާނީ ޑިޒައިން ކުރުމުގެ ދާއިރާއިން ކަމަށް ވިދާޅުވިއެވެ.

އަބަދުވެސް އެ އިރެއްގައި ބޭނުންވާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ފައިސަލަށް ސިޔާސީ ދާއިރާއަށް ނުކުންނެވުނީ އެފަދަ ދަނޑިވަޅެއްގައެވެ. ޚާއްސަ މަޖިލީހަށް ކުރިމަތި ލެއްވީ ބައްޕާފުޅުގެ އެދުމުގެ މަތިންނެވެ. ބައްޕާފުޅު ދެއްވި ނަސޭހަތުގައި ހިއްޕަވައިގެން ސިޔާސީ ދާއިރާއަށް ނުކުންނަވައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރެއްވުމަށްފަހު މިއަދު އެމަނިކުފާނު އެ ހުންނެވީ، ދިވެހިރާއްޖޭގެ ނާއިބުރައީސް ކަމުގެ މަގާމުގައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު