Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކަންކަން

ބަނދަރަށް ޖެހިފައިވާ "މަތިވެރި" ލޯބި

ރަށްރަށަށް އަރާ ފޭބުން ފަސޭހަކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓުންވެސް އެތައް ހޭދައެއް ކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 23:56
މަޑުއްވަރީ ބަނދަރު

މަޑުއްވަރީ ބަނދަރު

ރަށަކަށް ބޭނުންވަނީ ކޮންކަމެއްތޯ އަހައިފިނަމަ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ ސްކޫލާއި، ސިއްހީ މަރުކަޒާއި ހޮސްޕިޓަލް އަދި ބަނދަރު ފަދަ ތަންތަނެވެ. އުމްރާނީ ގޮތުން ރަށްރަށަށް ބޭނުންވާ ކަންކަމެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ބައެއް ރަށްރަށް ގުދުރަތުން ދެއްވާފައިވަނީ މީހުންގެ ހިތްތައް ދަމައިގަންނަ ފަދަ ރީތި ފަޅުތަކަކާއި ގޮނޑުދޮށް ތަކެވެ. އެހެންނަމަވެސް އަނެއް ބައި ރަށްރަށަށް މިނަސީބެއް ނެތެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ބައެއް ރަށްރަށަށް އަރާ ފޭބުމަކީ ފުރާނައަށް ނުރައްކާތެރި ކަމެކެވެ. އެރަށްރަށުގެ ފަޅުތަކުގައި ނަގާ ބޮޑެތި ބިޔަ ރާޅުތަކާއެކު ސަލާމަތުން އެރަށްރަށަށް އަރާ ފޭބުމުގެ ނަސީބު އެއްވެސް މޫސުމަކު ނުލިބޭ ރަށްރަށް ރާއްޖޭގައި އެބަހުއްޓެވެ. ރަށްރަށަށް އަރާ ފޭބުމުގައި ބައެއް މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ. އެކަން ރާއްޖޭގެ ބައެއް ރަށްރަށުން ވަނީ ތަޖުރިބާ ކޮށްފައެވެ. އެހިތާމަ އަދިވެސް ކުރަމުންދާ އާއިލާތައް ދުނިޔޭގައި ތިބޭނެއެވެ.

ރަށްރަށަށް އަރާ ފޭބުމުގައި ތަހައްމަލު ކުރަމުންދިޔަ ވޭންދެނެވި އުނދަގޫކަމަށް ނިމުން ގެނުވައި ދިން އެއްޗަކީ ބަނދަރުތަކެވެ. ބަނދަރާއެކު ރަށްރަށަށް އަރާ ފޭބުމަށް ފަސޭހަވެގެން ދިޔައެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ބޭނުންވަނީ ޒަމާނާ އެއްގޮތަށް ތަރައްގީކޮށްފައިވާ ރީތި ބޮޑު ބަނދަރެކެވެ. ބަނދަރާ ނުލާ މިހާރު ރަށެއް ފުރިހަމަ ނުވާކަހަލައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒަމާނުގައި އެންމެ ކުރީގައި މަސައްކަތްކުރީ ކޮންމެ އަހަރަކުވެސް އެއް ރަށުގައި ބަނދަރެއް ހެދުމަށެވެ. އެއީ އޭރުގެ ވިސްނުމާއި ތަނަވަސްކަން ހުރި ވަރު ކަމަށް ވެދާނެއެވެ. އެވިސްނުމުން ކަންކުރާނަމަ ރާއްޖޭގައި މީހުން ދިރިއުޅޭ 189 ރަށުގައި ބަނދަރު ހަދާ ނިމެން 189 އަހަރު ނަގާނެއެވެ. އެއީ ގާތްގަނޑަކަށް ދެ ގަރުނެވެ.

ދެ ގަރުނުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބަނދަރު ހެދުމަށް އޭރު ކުރެހި ތަސްވީރު މިހާރު އެހެރަ ދަނީ އެއަށްވުރެ މާއަވަހަށް ފުރިހަމަވަމުންނެވެ. ރާއްޖޭގެ ބަޖެޓަށް އެއް އަހަރުން އަނެއް އަހަރަށް ބަލާލިޔަސް ރަށްރަށުގެ ބަނދަރު ހެދުމަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އެކަނި ބަލާލިނަމަވެސް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެއީ 169 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއެވެ. މީގެއިތުރުން 2020 ވަނަ އަހަރުވެސް ވަނީ ރަށްތަކުގައި އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 322.8 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ސުވާލަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހަމަ އަރާ ފޭބުމަށް ބޮޑެތި ބަނދަރުތައް ބޭނުންވޭ ހެއްޔެވެ؟ ފޮށި ގަނޑެއްގެ ސިފައަށް ހުންނަ ބަނދަރާއި ނުލާ ރަށެއް ފުރިހަމަ ނުވަނީ ހެއްޔެވެ؟ރަށެއްގެ ތަރައްގީ ފުރިހަމަ ނުވަނީ ހެއްޔެވެ؟ ބައެއް ރަށްރަށަށް ގުދުރަތުން ދެއްވާފައިވާ ރީތި ފަޅާއި ގޮނޑުދޮށް ގުރުބާން ކުރުމަށްފަހު ބޭނުންވަނީ ހަމަ އެއްކަލަ ފޮށިގަނޑުގެ ސިފައަށް ހުންނަ ބަނދަރުތަކެވެ.

ގިނަ ރަށްރަށުގައި ބަނދަރު ހަދަނީ އެރަށެއްގެ ރައްޔިތުން ބޭނުންވާތާކުއެވެ. ބަނދަރު ހެދުމަށް އެންމެ ރަނގަޅު ތަނެއް ކަމާ ބެހޭ މާހިރުން ދިރާސާކުރުމަށްފަހު ދެއްކި ނަމަވެސް ރަށުގެ ރައްޔިތުން އެއްބަސްނުވާތާކު ބަނދަރެއް ނެހެދޭނެއެވެ. ކަންވާނީވެސް އެހެންތާއެވެ. އެއީ އެމީހުން ދިރިއުޅޭ ރަށެވެ. ބަނދަރު އޮންނަންވީ ތަނާއި ބޮޑު މިނާއި އޮންނަންވީ ސިފަ އެނގޭނީ ރަށުގައި އުޅޭ މީހުންނަކަށް ނޫންހެއްޔެވެ؟ މާދުރުން އަންނަ ބަޔަކަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ؟

ރައްޔިތުން ގަދަ ދައްކާލުމުން ސަރުކާރަށް މަޖުބޫރުވަނީ ހަތިޔާރު ބަހައްޓާށެވެ. އެއީ އާޚިރުގައި އަނެއްކާވެސް ދާން އޮތީ ހަމަ އެއް ކަލަ ރައްޔިތުން ކައިރިއަށް ކަމުންނެވެ. އެހެންކަމުން ރައްޔިތުން ހިތްހަމަ ޖައްސާލަދޭން އެބަޖެހެއެވެ.

އެހެންނަމަވެސް ދެން ލައްވާލަނީ މާބޮޑު ހައްލުކުރަން އުނދަގޫ މައްސަލައެކެވެ. ރަށުގައި އެއޮތް ރީތި ތުނޑި ގިރަނީއެވެ. ބަލަބަލާ ތިއްބާ އެތައް ސަތޭކަ އަހަރެއްވީ ބޮޑެތި ގަސް ގަހާ ގެހި އެހެރަ މޫދަށް ފައިބައިގެން ދަނީއެވެ. ކުޑައިރުގެ އެތައް ހަނދާންތަކެއް ކަނޑަށް ޣަރަގުވެގެންދަނީ ލޯ ކުރިމަތީގައި ބަލަހައްޓައިގެން ތިއްބައެވެ. ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ވެލި ގޯނިތަކެއް ޖައްސައިގެން ނުވަތަ ބޮޑެތި ހިލަތައް ޖައްސައިގެން ފުއްދާލަނީއެވެ. ކުރާނީ ކީއްހެއްޔެވެ؟ ރީތި ގޮނޑުދޮށް ރަށާ އުމުރު ދުވަހަށް ވަކިވީއެވެ. ދެން ދުވަހަކުވެސް ގުދުރަތީ އެރީތިކަމުގައި ހޯދޭނެ އުފަލެއް ނޯންނާނެއެވެ. ދަރިންނާއި ދަރިންގެ ދަރިން ކައިރީގައި ދެން އެވާހަކަ ދައްކާލާ މާޒީއަށް ހަދާފައި ދޫކޮށްލާނީއެވެ.

މިކަން ތަޖުރިބާ ކުރަމުންދާ އެތައް ރަށެއް ރާއްޖޭގައި މިހާރުވެސް އެބަހުއްޓެވެ. އެންމެންގެވެސް ދުލުކުރީގައި އަޑަށް ބާރުލާފައި ތިމާވެއްޓޭ، ވެށި ހިމާޔަތްކުރުމޭ ބުނެއެވެ. ނަމަވެސް ޒަމާނުއްސުރެ ވިސްނަމުން އައި ގޮތަކުން ނުވަތަ ބަދަލުކުރަން ބޭނުންނުވި ވިސްނުމަކުން ބަނދަރަށް ޖެހިފައިވާ މާބޮޑު ލޯތްބަކުން ރަށް ގުރުބާން ކުރެވޭކަން ހިތަށް ގެނެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ރަށަށް ބޮޑު ހަތަރެސްކަން ފޮއްޓެއްގެ ސިފަޔަށް އޮންނަ ބަނދަރަކާއި ނުލާވެސް އަރާފޭބުމުގެ ކަންކަން ފަސޭހަވާނެ ގޮތްތައް ހުރިކަން އެނގޭއިރުވެސް އެކަމެއް ބޭނުމެއް ނުވެއެވެ. ބަނދަރު ނޫން ޚިޔާލެއް ދޭ މީހާއަކީ ރަށުގެ ތަރައްގީއާ ދެކޮޅު އަދާވާތްތެރިއެވެ. ބަނދަރާއި ގުޅޭގޮތުން ކުރާ މަޝްވަރާ އެއްގައި ބަނދަރު ނޫން ގޮތެއްގެ ވާހަކަ ބުނެލިޔަސް އެހިސާބުން އެމީހެއްގެ ޒަމާން ދިޔައީއެވެ. ރަށަށް ލިބިފައިވާ ރީތި ބޮޑު ފަޅު ބަނދަރަކަށް ހަދާ ގުދުރަތީ އެރީތިކަން ނަގާލަނީ އަޅެ ކީއްކުރަން ހެއްޔެވެ؟ ބަނދަރަކާ ނުލާވެސް ބޮޑު ފާލާމެއް އަޅައިގެންވެސް ރަށަށް އަރާފޭބެން އޮންނަކަން އެނގޭއިރުވެސް އެނޫން ގޮތެއް ހަމަ ނެތޭ ބޭނުމީ ބަނދަރެކޭ އެކިޔަނީ ބަނދަރުދެކެ ކިހާ އާރުލާ ލޯތްބެއް ވާތީ ހެއްޔެވެ؟

ތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު