Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެޓްފިކެޓްގެ ފެންވަރު ކަށަވަރުކުރުން

މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: ޑރ ހަންނާނު

ކޯސްތައް ހިންގުމަށް ދެވޭ މުއްދަތު ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރިއަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 23:12
 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ޑރ އަބްދުލް ހަންނާން ވަހީދު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ޑރ އަބްދުލް ހަންނާން ވަހީދު

ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ޑރ އަބްދުލް ހަންނާން ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ހަންނާނު ވިދާޅުވީ މަތީ ތައުލީމު ދިނުމަށްޓަކައި ހިންގޭ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ކުރަމުން އަންނަ މަސައްކަތުގެ އިތުރަށް ކުރަން ޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް އެމްކިއުއޭއިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، އެމްކިއުއޭގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މަތީ ސާނަވީގެ އެއްވެސް ކޯހެއް ކުރިއަށް ނުގެންދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޑރ ހަންނާން ވިދާޅުވިއެވެ. މި ހުއްދަ ލިބޭނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި ރަޖިސްޓަރީ ވެފައި ހުންނަ ފަރާތްތަކަށް އެކަންޏެވެ. ޑރ ހަންނާން ވިދާޅުވީ އެމްކިއުއޭގެ ހުއްދަ ނުހޯދައި އެއްވެސް ކޯހެއް ކުރިއަށް ނުގެންދެވޭ ގޮތަށް އޮތުމަކީ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ އެންމެ މުުހިންމު ކަންތައް ކަމަށެވެ.

ކޯސްތައް ހިންގުމަށް އެމްކިއުއޭގެ ހުއްދަ ކޮންމެހެން ބޭނުންވި ނަމަވެސް ކޯސްތައް ކުރިއަށް ގެންދާގޮތް ރަނގަޅަށް ބެލޭނެ ނިޒާމެއް މިހާތަނަށް ހަމަޖެއްސިފައެއް ނެތެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން ކޯސްތައް ހިންގުމުގެ ފެންވަރާއި، ކިޔަވައިދިނުމުގެ ފެންވަރުގެ އިތުރުން ދަރިވަރުން އިމްތިހާނު ކުރެވޭ ފެންވަރު އެމްކިއުއޭއަށް ވަޒަންކުރެވެނީ ކޯސް ހިންގާ ފަރާތްތަކުންދޭ މައުލޫމާތުން އެކަންޏެވެ. ޑރ ހަންނާން ވިދާޅުވީ މިކަންތައް ރަނގަޅަށް ބެލޭނެ ނިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިކަމަށްޓަކައިގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކޮލެޖް/ޔުނިވަރސިޓީތަކުން ކޯސްތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ހުއްދަ ދެމުން އަންނަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކޯސްތައް ހިންގުމަށް ހުއްދަ ދެނީ އާންމު ގޮތެއްގައި ފަސް އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން ކޯސް އިތުރަށް ހިންގޭނީ އަލުން ހުއްދައަށް އެދުމުން ކުރިން ހިންގި ކޯހުގެ ފެންވަރު ބެލުމަށްފަހުއެވެ. މީގެ ސަބަބުން ކޯސްތައް ހިންގުމުގައި ހުރި ކަންތައްތައް ރަނގަޅު ކުރެވި ކޯސްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.

އެހެން ކަމުން މިކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން ކޯސްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދެވޭ މުއްދަތެއް ކަނޑައެޅުމަށްޓަކައި ގަވައިދުތަކަކާއި ގައިޑްލައިންތަކެއް ހަދަމުން އަންނަ ކަމަށް ޑރ ހަންނާން ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު