Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީހުން ރިހެބިލިޓޭޓް ކުރުން

ހަނގުރާމައަށް ދިޔުމަށްފަހު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ރިހެބިލިޓޭޓް ކުރަން ޑިސެމްބަރުމަހު ފަށާނެ

މުވައްޒަފުންނަށް ރަނގަޅު ތަމްރީނުތަކެއް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 10:35
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިބި މީހުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނެސް ރިހެބިލިޓޭޓް ކުރުމަށް ހޯމް މިނިސްޓްރީން ގާއިމް ކުރާ ސެންޓަރުގެ މަސައްކަތް ޑިސެމްބަރު މަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކޮށްގެން މުޖުތަމައަށް ނެރެންޖެހޭ މީހުންގެ ސީދާ އަދަދު ހާމަކުރެވެން ނެތް ނަމަވެސް  ރާއްޖެ އަންނަން ބޭނުންވާ ވަރަށް ނިކަމެތި ހާލުގައި ތިބި، އަންހެނުންނާއި ކުޑަކުދިން އެބަތިބި ކަމަށެވެ. އެހެންކަމުން އަންނަން ބޭނުންވާ އާއިލާތައް އަނބުރާ ގެނެސް އެމީހުންގެ އާއިލާތަކާއި ނުވަތަ މުޖުތަމައާއި އަލުން ގުޅުވައިލުމަށްޓަކާ އެމަރުހަލާގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ގަބޫލުކޮށް ހޯމް މިނިސްޓްރީން ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ (އެންއާރްސީ)ގެ ނަމުގައި ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސެންޓަރުގައި ތިބޭ މީހުން ރިހެބިލިޓޭޓް ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ފަރުމާ ކުރެވި ހޯމް މިނިސްޓްރީން އެންމެ މުހިންމުކޮށް ކުރަމުން ގެންދާ ކަމަކީ، މުވައްޒަފުން ރަނގަޅަށް ތަމްރީން ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މި ސެންޓަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެގެން އިއުލާން ކުރުމުން މީހުން އެކަމަށް ވަރަށް ފަސްޖެހޭކަމަށް އިމްރާން ފާހަގަކުރެވިއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއް ކަމުން އެކަމުގެ ތެރެއަށް ވަނުމަށް މީހުން ފަސްޖެހެނީ ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މެސެޖް ޚާއްސަކޮށް ސައިކޮލޮޖީގެ ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި ޒުވާނުންނަށް ދޭން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ކަމަކަށް ކުރިމަތިލައިގެން މުޖުތަމައަށް މުހިންމު ހެޔޮ ބަދަލެއް ގެނެސްދިނުމުގެ ޝައުގުވެރިކަން ހުރި އަދި އެފަދަ މައުލޫމާތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް މި މަސައްކަތް ކޮށްދެއްވިދާނެކަމަށް އިމްރާން ވިދާޅުވިއެވެ. ރިހެބިލިޓޭޓް ކުރަން ބޭނުންވާނެ ފުރިހަމަ ޓްރެއިނިން މިނިސްޓްރީ އާއި އެއްކޮށް މަސައްކަތް ކުރާ މުއައްސަސާ ތަކާއިގުޅިގެން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.   

މިނިސްޓަރ ވިދާޅުވީ، ހަނގުރާމައަށް ގޮސްފައި އަންނަ މީހުންގެ ވިސްނުމުގައި ހަރުލާފަހުރި ތަފާތު ވިސްނުންތަކެއްގެ ސަބަބުން އެކުރާ އަސަރުތަކުން ސަލާމަތް ވުމަށްޓަކައި ދީނީ ގޮތުންވެސް ޕްރޮގްރާމްތަކެއް ފަރުމާކުރެވިފައިވާ ކަމުގައެވެ. އަތޮޅުތަކަށް ކުރާ ޒިޔާރަތް ތަކުގައިވެސް އެފަދަ އެއާއިލާތަކާއި ބައްދަލު ކުރައްވާ އެމީހުންގެ ވާހަކަތައް އަޑުއަހާފައިވާ ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިން އާއިލާތަކާއި ދުރުގައި، ފިނި މޫސުމުގެ އެންމެ ފިނީގައި އަދި ހޫނު މޫސުމުގެ އެންމެ ގަދަ ހޫނުގައި ވަރަށް ދަތި ނިކަމެތިހާލުގައި އުޅޭއިރު އޭގެ އަސަރު ވަރަށް ބޮޑަށްކުރާ ކަމަށެވެ.

މިކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ބިނާކުރެވޭ ސެންޓަރަކަށް މި ރިހެބިލޭޝަން ސެންޓަރ ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ މުޅި ދުނިޔޭގައިވެސް ގޮންޖެހުން ބޮޑު އަދި އަލަށް ކުރަމުން އަންނަ ތަޖުރިބާއެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އިސްލާމީ ބައެއް ގައުމުތަކުން ބުނެފައިވަނީ އެގައުމުތަކުން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކުރެވެންއޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ މިސެންޓަރަކީ ނަމޫނާ ސެންޓަރަކަށް ހެދުމަކީ އެގައުމުތަކުގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްހައުސިންގ މިނިސްޓްރީހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު