Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާއާ ދެކޮޅަށް ދެކެވޭ ވާހަކަތައް

އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން އެންމެ އިތުބާރުކުރާ އެއް ގައުމުކަމަށް ޚާރިޖިއްޔާއިން ބުނެފި.

މިއީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2021 | ބުރާސްފަތި 04:43
އިންޑިއާއިން ރާއްޖެއަށް ހިލޭއެހީ އިތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު

އިންޑިއާއިން ރާއްޖެއަށް ހިލޭއެހީ އިތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތު

އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން އެންމެ އިތުބާރުކުރާ އެއް ގައުމުކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ދިވެހިންގެ ތެރެއިން މަދު ބަޔަކު ވެގެން އިންޑިއާއާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތްތައް ކުށްވެރިކޮށް އެ ވުޒާރާއިން (ފޮރިން މިނިސްރީ) ން، ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއާ ބޭރުގެ ގައުމުތަކާ ދެމެދު އޮތް ޒަމާންވީ ގުޅުންތަކަކީ އިހުތިރާމާއި، ގާނޫނުތަކާ ގަވާއިދުތަކުގެ މައްޗަށް ބިނާވެގެންވާ ގުޅުންތަކެއް ކަމަށެވެ. މި ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަމަށް ގެއްލުމެއް ނުވާނެ ކަމަށާއި، މިއީ ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ގުޅުމަކީ ގިނަ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި، އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން އެންމެ އިތުބާރުކުރާ އެއް ގައުމު ކަމަށާއި، ރާއްޖެއިން އެހީއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ ތެދުވާނީ އިންޑިއާއިން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް އިންޑިއާއިން ވަމުންދާ އެހީއަކީވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިންޑިއާ ކަނޑުގެ ސަލާމަތާއި، ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިނޫން ގޮތްގޮތުންވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީގެ ފައިދާ ކުރާނީ ސީދާ ދިވެހި ރައްޔިތުންނަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ރާއްޖެއިން އެހެން ގައުމުތަކާއެކުވެސް މިފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ދޮގު ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސާބިތުކޮށްނުދެވޭނެ ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ވާހަކަތަކަކީ މުޅި ދިވެހި މުޖުތަމައުން ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށާއި، މިއީ މަދު ބަޔަކު ވެގެން ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރުކުރުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޯޑަރ ހުރަސްކުރުމުގައި ހިނގާ ޓެރަރިޒަމްގެ އަމަލުތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާއި، އިންސާނީ ވަގުފާރިއާއި އަދިވެސް މިނޫން މިފަދަ ކަންކަމަކީ ސަރަހައްދީ އެހެން ގައުމުތަކުގެ އެހީ ބޭނުންވާ ކަންކަން ކަމުގައެވެ. އެއްވެސް ގައުމަކަށް އެހެން ގައުމުތަކާ ވަކިވެގެން މިފަދަ ކަންކަމަށް ހައްލު ނުހޯދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ޒިންމާދާރުކަމާއެކު، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮތް ގުޅުމަށް ނުރައްކާ ވާނެފަދަ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންޚާރިޖީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު