Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު

ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި

17 ނޮވެމްބަރު 2021 | ބުދަ 08:06

އަޑުއެހުންތައް އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގައި ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2021 | ބުދަ 08:06
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ކަނޑައެޅި 5،000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ހޯދުމަށް ކޮށްފައިވާ ޙުކުމް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމަށް ޔާމީނުގެ ވަކީލުންނަށް ވަނީ ޗިޓް ފޮނުވާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އަށް އަޑުއެހުމަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުންތައް އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގައި ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން22އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، ތަފްސީލީ ގޮތެއްގައި އިސްތިއުނާފީ ނުކުތާތަކަށް ދެފަރާތުން ވާހަކަ ދައްކާފައިވެއެވެ. ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ސާފު ކުރަން ބޭނުންވާ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެއްކަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ފަހު ފުރުސަތެއް ދެއްވައި، އަޑުއެހުންތައް ނިންމަވާލައްވާފައިވަނީ 5 އޮކްޓޯބަރު 2021 ގައެވެ. އެގޮތުން ސުޕްރީމް ކޯޓު ރިސެސަށް ދިއުމުގެ ކުރިން މައްސަލަ ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި މި ވަގުތުގެ ތެރޭގައި މައްސަލަ ލަސްވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް ފަނޑިޔާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަލީ ޝާހު ވިދާޅުވީ، މި މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމަކަށް ހާޒިރުވުމަށް ޗިޓް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ރައީސް ޔާމީނުގެ ފަރާތުން 3 ކަމެއް ހުށައަޅުއްވާފައިވެއެވެ. އެއީ އެމަނިކުފާނުގެ ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުގެ އިތުރުން، އައުހެކިތަކެއްހުށައެޅުއްވުމެވެ. މި ކަންކަމަށް ތަފްސީލީ ގޮތެއްގައި ޔާމީނުގެ ފަރާތުންނާއި، ދައުލަތުން ވާހަކަ ދައްކާފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެކަމަށް ގޮތެއް ނިންމަވާފައެވެ. އެގޮތުން ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރެއްނެރެދެވެންނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް، ޙުކުމުގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުން ފަސްކޮށްދިނުމުގެއަމުރެއްސުޕްރީމް ކޯޓުން ނެރެދެއްވާފައިވެއެވެ. އެގޮތުން 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ޔާމީނުގެ ޙުކުމުގެ ފައިސާ ހޯދުމުގެ ކަންކަން އެއްވެސް ކޯޓެއްގައި ކުރިއަށް ގެންގޮސް ގޮތެއް ނިންމަވައިފިނަމަ، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު މައްސަލައަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. ވުމާއެކު ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ކޯޓެއްގައި އަދި ދައުލަތުގެ އެއްވެސް އިދާރާއެއްގައި މައްސަލައެއް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް