Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސް ވިއްކޭ އެންމެ ބޮޑު އަގު

ޖެނުއަރީން ފެށިގެން އަސާސީ ބޭހަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕްއެއް

ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރީޓެއިލް ޕްރައިޒް" އެމްއާރުޕީ ކަނޑައަޅަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ނޮވެމްބަރު 2021 | ހޯމަ 03:47
ބޭސް ފިހާރައެއްގައި ކަސްޓަމަރަކު ބޭސްތަކެއް ނަގައިގެން

ބޭސް ފިހާރައެއްގައި ކަސްޓަމަރަކު ބޭސްތަކެއް ނަގައިގެން

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" އެމްއާރުޕީ ކަނޑައަޅަންވާނެ ކަމުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު ގެ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެކެވެ. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި  ރާއްޖެ އަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، 1 ޖެނުއަރީ 2022 އިން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެއެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައެވެ.

ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި ޢާއްމުން މިކަމަށް ތައްޔާރުވުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިޒް އާއެކު މިމުއްދަތުގެ ކުރިން ހެލްތް މިނިސްޓްރީއިން ޢާއްމު ކުރާނެއެވެ.

އާސަންދައިން ބުނެފައިވަނީ އެތަނުގެ ހަރަދުގެ 40 އިންސައްތަ ހޭދަ ކުރަން ޖެހެނީ ބޭހަށް ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށްޓަކައި އަންނަ އަހަރު ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ.

ބަޖެޓްގައިވާ ގޮތުން އާސަންދަ ސިއްހީ އިންޝުއަރެންސް ސްކީމަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅަން ރާވައިފައިވާ މުހިއްމު ފިޔަވަޅުތަކެއް 2022 ގައި ތަންފީޒު ކުރެވިގެންދާނެކަމަށް ބެލެވެއެވެ. އާސަންދައިގެ ނިޒާމުގެ އެންމެ ބޮޑު ޚަރަދެއް ކުރެވޭ ދާއިރާއަކީ ބޭހަށްވެފައި، 2022 ވަނަ އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒު ކުރުމަށް ނިންމާފައިވުމާއެކު އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

އަދި ކައިރި މުސްތަގުބަލެއްގައި ބޭސް އެތެރެކުރާ ފަރާތްތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެމުންދިޔަ އެކްސްލޫސިވިޓީ ހުއްޓާލުމަށްވެސް ރޭވިފައިވެއެވެ. މީގެއިތުރުން އާސަންދައިގެ ނިޒާމުގެ ތެރޭގައާއި ޖުމްލަކޮށް ސިއްހީ ނިޒާމުގެ ތެރޭގައި ހުރި އެހެނިހެން އިންއެފިޝަންސީތަކަށް ހައްލު ހޯދައި ޚަރަދު ބޭކާރުވެގެން ދިއުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް 2022ވަނަ އަހަރު މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

ބޭސް ފިހާރަހެލްތު މިނިސްޓްރީމެކްސިމަމް ރީޓެއިލް ޕްރައިޒް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު