Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީ އެކްސިޑެންޓް

ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ

ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 މެއި 2017 | ހުކުރު 21:15
އެކްސިޑެންޓުގައި އަނިޔާ ލިބުނު ބައެއް މީހުންނަށް ފަރުވާ ދެނީ

އެކްސިޑެންޓުގައި އަނިޔާ ލިބުނު ބައެއް މީހުންނަށް ފަރުވާ ދެނީ

ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކު އަނިޔާވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަނާންނު ވިދާޅުވީ ކަލައިދޫ އިން ފުރައިގެން ދަނބިދޫއަށް ދިޔަ ޑިންގީއަކާއި ދަނބިދޫއިން ފުރައިގެން ދިޔަ ޑިންގީއަކާ ޖެހި ހިނގި އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

ހަންނާނު ވިދާޅުވީ އަނިޔާވި މީހުންގެ ތެރެއިން އެކަކު ލ. ގަމަށް ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނިޔާވި އިތުރު ހަތަރު މީހަކު ގަމަށް ގެނެއުމަށް ސީއެމްބިއުލާންސް ދަތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ ކަލައިދޫ އިން ފުރައިގެން ދަނބިދޫއަށް ދިޔަ ޑިންގީގައި ތިބީ ދަނބިދޫ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ކަމަށެވެ. އަދި އެ ޑިންގީގައި ގާތްގަނޑަކަށް 18 މީހުން ތިބިއިރު، އެކްސިޑެންޓްވި އަނެއް ޑިންގީގައި ހުރީ ދުއްވަން އިން މީހާ އެކަނި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ކަނޑުގަދަ ކަމަށާއި، ކަލައިދޫ އިން ފުރައިގެން ދިޔަ ޑިންގީގައި އެއްވެސް އަލިކަމެއް ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ޑިންގީއެއް ޖެހި އެކްސިޑެންޓެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އަނިޔާ ލިބުނު ބަޔަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު