Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުން

ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުމަކީ ގެއްލުން ބޮޑުކަމެއް: އެމްއެފްއެޗްޑީއޭ

ރާއްޖޭން ބައެއް ބޭސްތައް ނުލިބުމުގެ ފުރުސަތު އެބައޮތް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 11:27
ފާމަސީއެއް

ފާމަސީއެއް

ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް މޯލްޑިވްސް ފާމަސިއުޓިކަލް އެންޑް ހެލްތު ޑިސްޓްރިބިއުޝަން އެސޯސިއޭޝަން (އެމްއެފްއެޗްޑީއޭ)އިން ބުނެފިއެވެ.

އެމްއެފްއެޗްޑީއޭގެ ރައީސް އަޙުމަދު މައުމޫން ރާއްޖެ އެމްވީއަށް ވިދާޅުވީ, މިބަދަލާއެކު ބޭސް ވިއްކާ ބައެއް ފާމަސީތަކުގެ ވިޔަފާރި ބަންދުކުރަން ޖެހުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. އެއީ ބޭސް ލިބޭ އަގާ ބަލާފައި، ރާއްޖޭގައި ކަނޑައަޅާ އެންމެ މަތީއަގުގެ ސަބަބުން ބޭހުގެ ވިޔަފާރިން އެފަރާތްތަކަށް ގެއްލުންވާނަމަ އެފަރާތްތަކަށް ވިޔަފާރި ހުއްޓާލަން މަޖުބޫރުވާނެތީއެވެ.

ސީދާ ބޭސް އުފައްދާ ކުންފުނިތަކާއި ގުޅިގެން ރާއްޖެއަށް އެތެރެ ކުރަނީ މަދު ބޭހެކެވެ. އޭގެ ބަދަލުގައި ގިނަ ބޭސްތަކަކީ ތިންވަނަ ފަރާތެއް މެދުވެރިވެގެން ރާއްޖެ އެތެރެކުރެވޭ ބޭސްތަކެވެ. އެހެންކަމުން ރާއްޖޭގެ ވިޔަފާރިވެރިޔާއަށް ނުވަތަ މެދުވެރިވާ ފަރާތަށްވެސް އަގު ބަދަލުކުރުމުގެ ބާރެއް ނޯވެއެވެ. މީގެ ސަބަބުން ރާއްޖޭގައި ކަނޑައަޅާ އެންމެ މަތީ އަގަށްވުރެ ބޭހުގެ އަގު އުފުލިގެންދާނެއެވެ. މިއާއެކު ރާއްޖޭގައި ބޭސް ވިއްކާ ފަރާތްތަކަށް ވަރަށް ބޮޑަށް ގެއްލުންވެގެންދާނެއެވެ.

ހަމައެހެންމެ، ބޭސް ގަންނަންދާ ޚަރަދުގެ އިތުރުން، ބޭސް ރަނގަޅު ގޮތުގައި ރައްކާ ކުރުމަށްވެސް އެއީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ. ވަކި ފިނިހޫނު މިނެއްގައި ބޭސް ބަހައްޓައިގެން ދެންވެސް ބޭސް ރައްކާ ކުރުމަށްޓަކައިދާ ޚަރަދަށް މިއަގުތައް ކަނޑައެޅިއިރު ބަލާފައި ނުވާކަން މައުމޫން ފާހަގަކުރިއެވެ.

ބޭސް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާއިރު ކޮންމެހެން ލިބެން ހުންނަން ޖެހޭނެ ބޭސްތަކެއްގެ ގޮތުގައި ވަކި ބޭސްތަކެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ވިޔަފާރިވެރިންނަށް އެބޭސް ވިއްކައިގެން މަންފާ ނުވާނަމަ އެބޭސް ގެނައުމަކީ، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މައުމޫން ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ބައެއް ބޭސްތައް ނުލިބި އެބޭހަށް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނޫން ނަމަ ދެން ލިބެން ހުންނާނީ އެބޭހުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެން ބޭހެކެވެ.

ރާއްޖޭގައި ވިއްކާ ބޭސްތައް ވިއްކޭނެ އެންމެ ބޮޑު އަގެއް ސަރުކާރުން ކަނޑައެޅުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މައުމޫން ފާހަގަ ކުރީ އާސަންދައިގެ ޚަރަދު ކުޑަ ކުރުމެވެ. ނަމަވެސް ހުރިހާ ފަރާތްތަކަށް ވަކި އަގަކަށްވުރެ ބޮޑު އަގެއްގައި ބޭސް ނުވިއްކޭ ގޮތަށް ހެދުމުގެ ބަދަލުގައި އާސަންދައިން ބޭހުގެ ވަކި ވަރެއް ހަމަޖެއްސޭގޮތް ހެދުމުން ދެފަރާތަށްވެސް ފައިދާ ވާނެ ކަމަށް މައުމޫނު ވިދާޅުވިއެވެ.

މައުމޫނު އިތުރަށް ވިދާޅުވީ ސަރުކާރާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާވެސް މިކަމާގުޅިގެން މިހާރު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ސަރުކާރުން ނިންމި ނަމަވެސް އެކަމަށް އިޙްތިރާމްކޮށް، ސަރުކާރުން އަންގާ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބޭސް ފިހާރަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ : "ބޭސް ގެންނަން ހަވާލުކުރީ ރައީސް ވިދާޅުވާ، މެޑިކަލް މާފިއާ އާއި"

އަސާސީ ބޭސް ނުލިބޭ މައްސަލަ : "ބޭސް ގެންނަން ހަވާލުކުރީ ރައީސް ވިދާޅުވާ، މެޑިކަލް މާފިއާ އާއި"

15 އެޕްރީލު 2025
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
ބޭހުގެ އަގު ކޮންޓްރޯލްކުރުން މާޗް މަހަށް ފަސްކޮށްފި

ބޭހުގެ އަގު ކޮންޓްރޯލްކުރުން މާޗް މަހަށް ފަސްކޮށްފި

24 ޖެނުއަރީ 2022
އެމްއާރުޕީ ކަނޑައެޅުމުގެ ކުރިން، ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމަށް އަންގައިފި

އެމްއާރުޕީ ކަނޑައެޅުމުގެ ކުރިން، ޝަކުވާއެއް އޮތްނަމަ އެކަން ހުށަހެޅުމަށް އަންގައިފި

23 ނޮވެމްބަރު 2021
ބޭސްފިހާރަތަކުގައި ތިބޭ ބިދޭސީން އެމީހުންނަށް ފައިދާ ލުމަށްފަހު ބޭސް ވިއްކާ ކަމުގެ ޝަކުވާ!

ބޭސްފިހާރަތަކުގައި ތިބޭ ބިދޭސީން އެމީހުންނަށް ފައިދާ ލުމަށްފަހު ބޭސް ވިއްކާ ކަމުގެ ޝަކުވާ!

16 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު