Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަސާސީ ބޭސް ނުލިބޭ މައްސަލަ

އަސާސީ ބޭސް ނުލިބޭ މައްސަލަ : "ބޭސް ގެންނަން ހަވާލުކުރީ ރައީސް ވިދާޅުވާ، މެޑިކަލް މާފިއާ އާއި"

ބޭސް ގެނައުމަށް ދީފައިވާ މުއްދަތު އިތުރު އަހަރެއްހާ ދުވަހަށް ސަރުކާރުން ވަނީ އިތުރުކޮށްދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2025 | އަންގާރަ 08:43
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވަނީ މެޑިކަލް މާފިއާގެ ސަބަބުން ކަމަށް ވިދާޅުވުމަށް ފަހު އެ މައްސަލަ ހައްލުކުރަން ބޭސް ގެންނަން ހަވާލުކުރީ ވެސް ރައީސް އެ ވިދާޅުވާ މެޑިކަލް މާފިއާ އާއި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު އެފަދައިން ވިދާޅުވި އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށް ރައީސް ވަނީ ދ. މީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. ފެބްރުއަރީ 24، 2025 ވަނަ ދުވަހުގެ ރޭ ރައީސް ވިދާޅުވީ ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ.

އެގޮތުން ބޭސް ލިބުމުގައި ދިމާވެގެން އުޅޭ ބޭހުގެ ދަތިކަމަކީ އެ ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރިތަކުން ރާވައިގެން ކުރާ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ދަތިކުރަން ކުރި ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފަ އެވެ. އަދި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން "މެޑިކަލް މާފިއާ" އިން އެކަން ކުރާ ކަމަށް ވެސް ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.

އެހެންނަމަވެސް އަސާސީ ބޭސް ނުލިބިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ބަލައިގަނެފައި ނުވާކަން ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި ރައީސް އެ ވިދާޅުވާ މެޑިކަލް މާފިޔާ އާއި ބޭސް ގެނައުމަށް އަނެއްކާވެސް އިތުރު އަހަރެއްހާ ދުވަހުގެ މުއްދަތަށް ހަވާލުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ބޭހުގެ މައްސަލަ ހައްލުކުރުމަށް ގެންނަ ބޭސް ލިބޭނެ ކަމަށް ސަރުކާރުން ހާމަ ކުރި ތާރީހަކީ 15 އޭޕްރިލް 2025ވާ އަންގާރަ ދުވަސް ކަމަށާއި އެކަމުގެ އަޕްޑޭޓެއް ސަރުކާރުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު އަސާސީ ބޭސް ލިބުމުގައި ދަތިވާން ޖެހެ ސަބަބެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މި މައްސަލަ ހައްލުކުރުމަށް ފިނޭންސްގެ އެހީތެރިކަމާއި އެކު އެސްޓީއޯ އިން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބޭހުގެ ސަޕްލައި ކޮންޓްރޯލް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވާ "މެޑިކަލް މާފިއާ" އަށް ބޭސް ގެނައުމަށް ދީފައިވާ މުއްދަތު އިތުރު އަހަރެއްހާ ދުވަހަށް ސަރުކާރުން ވަނީ އިތުރުކޮށްދީފައެވެ.

މެޑިކަލް މާފިއާހުސެއިން ޒިޔާދުވައިކަރަދޫ ދާއިރާބޭސް ފިހާރަރައީސުލްޖުމްހޫރިއްޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

27 ނޮވެމްބަރު 2025
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު