Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ

ޑޮކްޓަރު ލިޔެދޭ ބްރޭންޑު ނޫން އެހެން ބްރޭންޑުތަކުގެ ބޭސް ދޫނުކުރަން އަންގައިފި

އެހެނިހެން ބްރޭންޑުތަކުގެ ބޭސް ދޫކޮށްފިނަމަ އާސަންދައިން ބަލައި ނުގަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޑިސެމްބަރު 2023 | ހުކުރު 05:24
ފާމަސިސްޓަކު ބޭސް ނަގަނީ

ފާމަސިސްޓަކު ބޭސް ނަގަނީ

ބޭސް ސިޓީގައި ޑޮކްޓަރު ލިޔެދޭ ބްރޭންޑު ނޫން އެހެން ބްރޭންޑުތަކުގެ ބޭސް ދޫނުކުރުމަށް އާސަންދައިން އަންގައިފިއެވެ.

އެ ކުންފުނިން މިގޮތަށް އަންގާފައިވަނީ ބުރަސްފަތި ދުވަހު އާސަންދަ ސްކީމުގެ ދަށުން ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެގޮތުން، ވަކި ބްރޭންޑެއްގެ ބޭސް ބަލި މީހާއަށް ދޫކުރަން ޑޮކްޓަރު ބޭނުންވާނަމަ އެ ބްރޭންޑުގެ ނަން ސާފުކޮށް ލިޔެފައި އޮންނަން ޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އިތުރު ބްރޭންޑެއް (ސަބްސްޓިޓިއުޓެއް) ނުދިނުމަށް އެދޭކަމަށް ވެސް ލިޔަން ވަނީ އަންގާފައެވެ.

ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރަތަކުން އެ ނޫން އެހެން ބޭހެއް ދޫކޮށްގެން ނުވާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާއިރު ޑޮކްޓަރު ލިޔެދީފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއް ނުދެވޭނެކަން ބަލި މީހާއަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ގެނައި ބަދަލާއެކު ޑޮކްޓަރު ވަކި ބްރޭންޑެއްގެ ބޭހެއް ބުނެފައިވަނިކޮށް އެ ބްރޭންޑު އެއްވެސް ބޭސް ފިހާރައަކުން އެވަގުތަކު ލިބެން ނެތްނަމަ ބްރޭންޑު ބަދަލު ކުރުމަށް ބަލި މީހާ ދާން ޖެހޭނީ ޑޮކްޓަރު ކައިރިއަށެވެ. އެ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ބަލިމީހާއަށް ބޭސް ފިހާރަތަކުން ދޫކުރެވޭނީ ޑޮކްޓަރު އެ ބޭހަށް ބަދަލު ގެނައުމުންނެވެ.

ވަކި ބްރޭންޑެއް ޑޮކްޓަރު ނުލިޔާނަމަ ބޭސް ފިހާރަތަކުން އެ ތަނަކުން ދޫކުރާ ބްރޭންޑެއްގެ ބޭހަކަށް ބިލް ކުރެވޭނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ. ނަމަވެސް ވަކި ބްރޭންޑެއް ދޫކުރަން ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރައިން އެ ބްރޭންޑެއް ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްފިނަމަ އެ ޓްރާންސެކްޝަން ބަލައިނުގަތުމަށް އެ ކުންފުނިން ވަނީ ނިންމާފައެެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން ޑޮކްޓަރު ލިޔެފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއް ދޫކޮށްގެން ބޭސް ފިހާރަތަކުން ހަދާ ޓްރާންސެކްޝަންތައް ރިޖެކްޓް ކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.

ޑޮކްޓަރު ލިޔެފައިވާ ބްރޭންޑުގެ ބޭހެއް ބޭސް ފިހާރައިގައި ނެތްހާލަތްތަކުގައި އެ ބޭހުގެ އެހެނިހެން ބްރޭންޑުތައް އާއްމުކޮށް ބޭސް ފިހާރަތަކުން ބަލި މީހުންނަށް ދޫކުރެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު