Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކަށް ހޭނެން 200 މިލިއަން ޑޮލަރުގެ އެހީ ހޯދަނީ

މި އެހީގެ ދަށުން މަޝްރޫއުތަކެއް ހިންގަން ވަނީ ނިންމާފައި

| 11 ނޮވެމްބަރު 2021 | ބުރާސްފަތި 03:10
ރާއްޖެއާ ޖީސީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖެއާ ޖީސީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، މިކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ގްލާސްގޯގައި މިހާރު ހިނގަމުންދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ގެ ހަވާސާގައި، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. ޖީސީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެޓްރިކް ވާރކޫއިޖެންއެވެ.

މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެކުލަވާލުމަށް ޖީސީއޭ މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ވަނީ ރޭވިފައެވެ. މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ހިމެނޭ އެޑަޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ޖީސީއޭ އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެއެވެ.

ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތެކެވެ.

ކްލައިމެޓް ޗޭންޖްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
06 އެޕްރީލު 2024

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

06 އެޕްރީލު 2024
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު
14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
05 ނޮވެމްބަރު 2023

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި
04 ނޮވެމްބަރު 2023

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި
31 އޮކްޓޯބަރު 2023

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު