Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ދުވަސް

ޖުމްހޫރީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަކީ ޒަމާނާ ގުޅޭ ދިވެހި ވެރިކަމަކަށްޓަކައި ދިވެހިން ގެނައި ބޮޑު ބަދަލެއް

އަންނަން އޮތް ޖީލުތަކަށް ޖުމްހޫރީ ވެރިކަން ނަގުލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ނޮވެމްބަރު 2021 | ބުރާސްފަތި 02:36
 ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ނިޒާމަކަށް ވެރިކަން ބަދަލު ކުރުމަކީ ޒަމާނާ ގުޅޭ ދިވެހި ވެރިކަމަކަށްޓަކައި ދިވެހިން ގެނައި ބޮޑު ބަދަލެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ތާރީޚަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަށް ބަދަލުވެގެން ދިޔަ ދިއުމަކީ ދިވެހިންގެ ހޭލުންތެރިކަމާއި ވިސްނުމާއި ކުރިއެރުން ބަދަލުވެގެން އައި މިންވަރު ވަރަށް ރީތިކޮށް ރަމްޒު ކޮށްދިން ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ދިވެހިން ޒަމާނަށް ލޯހުޅުވި ތަރައްޤީއާއި ދިވެހިންގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރިކަން ދައްކައިދިން އަލިގަދަ ހަގީގަތެއް ކަމަށެވެ. އެގޮތުން ދިވެހިންގެ ކުރިއެރުމާއި އިޤްތިޞާދަށް ތަފާތު ބަދަލުތައް ގެނެސް އެންމެން އެކުވެ ޝާމިލުވެ ގުޅިގެން ހިންގާ ވެރިކަމުގެ ނިޒާމެއް ކުރީ ދިވެހިން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރަށް ތިން އަހަރު ވެގެންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިއަދު ސާބިތު ކޮށްދެއްވަނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިޤްތިޞާދީ ގޮންޖެހުން ބޮޑު ވަގުތެއްގައި ނުތަނަވަސް ކަމާއި ދަތިކަމުން އެއްކިބާވެ ޖުމްހޫރީ ވެރިކަމުގެ މަތިވެރިކަމާއެކު ހަލަބޮލިކަމާއި ހަމަނުޖެހުމާއި ނުލައި އަމާންކަމާއި ރައްކާތެރިކަމާއެކު ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެ ކަމުގެ ފުރިހަމަ ހަގީގަތް ކަމަށެވެ. ހޯމް މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ޖުމްހޫރީ ވެރިކަން ނަގުލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ގޮތުގައި 2013 ވަނަ އަހަރު ޖުމްހޫރީ ނިޒާމުގައި ޖެހުނު ކުޑަ ގޮށެއްގެ ސަބަބުން ޖުމްހޫރީ ދުވަހަށް ކޮންމެވެސް ވަރެއްގެ ކިލަނބު ކަމަކާއި އައިބު ކަމެއް އައިސްފައިވާ ކަމުގައެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ ގޮށް މުއްސަވައި ދެއްވައި ޖުމްހޫރީ ދުވަހުގެ ހައިބަތާއި ޤަދަރާއި ޝަރަފު އަނބުރާ ގެނެސްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަސްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް

11 ނޮވެމްބަރު 2025
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
11 ނޮވެމްބަރު 2025

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025
ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް
11 ނޮވެމްބަރު 2025

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު