Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށިން ބިން ލިބުނު މީހުން

ތިލަފުށިން ބިން ލިބިފައިވާ މީހުން އެއްބަސްވުމާ ޚިލާފުވާނަމަ އެޗްޑީސީން ފިޔަވަޅު އަޅަނީ

ބައެއް މީހުން އެންގުންތަކާ ޚިލާފަށް އަމަލުކުރަމުން ގެންދާތީ، އާންމު މަސްލަހަތު ގެއްލޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ނޮވެމްބަރު 2021 | ބުދަ 19:04
ކ. ތިލަފުށި

ކ. ތިލަފުށި

ތިލަފުށިން ބިން ދޫކޮށްފައިވާ މީހުން އެއްބަސްވުމާ ޚިލާފުވާނަމަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، ކ. ތިލަފުށްޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރަމުންގެންދާ، އަދި ގްރޭޓަރ މާލޭ އޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުން ކުރަމުންގެންދާ، އަދި ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ރަށެއް ކަމުން، މުޅި ރަށުގެ ބިން ވަނީ އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށެވެ. އެ ބިންތަކަކީ، އެތަންތާނގައި ވިޔަފާރިކޮށް އަދި އެ ވިޔަފާރިތައް ފުޅާކޮށް، އެންމެހާ ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދިނުމަށްޓަކައި، ގްރޭޓަރ މާލޭ އޭރިއާގައި، ހިންގާ ސިނާއީ މަސައްކަތްތަކަށް ޚާއްސަކުރެވިފައިވާ ރަށެއް ކަމަށެވެ.

އެ ކޯޕަރޭޝަނުން ކ. ތިލަފުށީގައި ހިނގަމުންދާ އެކި ސިނާއީ މަސައްކަތްތަކަށް އެންމެ ފަހި ފުރުސަތުތަކަށް މަގުފަހި ކުރުމުގެ ގޮތުން (ވަގުތާއި ހާލަތަށް ރިއާޔަތްކޮށް) އެންމެންގެ މަސްލަހަތަށްޓަކައި ހިފަހައްޓަންޖެހޭ ބައެއް ކަންކަން ހިފަހައްޓަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ. ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ އަދި ދާއިމީ ނަމަވެސް) ބިން ދޫކުރެވެނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމަށާއި، އެ އެއްބަސްވުމުގައި ދެފަރާތުންވެސް އަމަލު ކުރަން ޖެހޭ، އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައިވާނެކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، މި އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމާ ޚިލާފަށް އެކި ކަންކަން ކުރަމުން ގެންދާތީ، އެކަންކަން އެގޮތަށް ނުކުރުމަށް އެ ކޯޕަރޭޝަނުން ތަކުރާރުކޮށް އަންގަމުންދާ ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން އެންގުންތަކާ ޚިލާފަށް އަމަލު ކުރަމުން ގެންދާކަން އެޗްޑީސީން ފާހަގަކުރިއެވެ. މިކަމުގެ ސަބަބުން އާންމު މަސްލަހަތު ގެއްލި، އެއްފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއްފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވާފަދަ އަމަލުތައްވެސް އޭގެތެރޭގައި ހިމެނޭތީ، އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު، ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން، އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންހަސަން އަބްދުއްރަހްމާން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި
13 ސެޕްޓެމްބަރު 2025

ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް

13 ސެޕްޓެމްބަރު 2025
ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު