Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ދަރަނި

އެންމެ ދަރަނި ބޮޑު ސަރުކާރަކީ ރައީސް ޔާމީނުގެ ސަރުކާރު: އަމީރު

10 ނޮވެމްބަރު 2021 | ބުދަ 06:41

އެއީ ދުނިޔޭގެ އިްތިޝާދު ވަރަށް ރަނގަޅަށް އޮތް ދުވަސްވަރެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 ނޮވެމްބަރު 2021 | ބުދަ 06:41
އެކި ސަރުކާރުތަކުގައި ދަރަނީގެ މިންވަރު

އެކި ސަރުކާރުތަކުގައި ދަރަނީގެ މިންވަރު

އެއް ދައުރެއްގައި އެންމެ ދަރަނި ބޮޑު ސަރުކާރަކީ ރައީސް ޔާމީނުގެ ސަރުކާރުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސީދާ ރައީސް ޔާމީނުގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިޔަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ދަރަނި އޮތީ 6.2 ބިލިއަން ރުފިޔާގައެވެ. އަދި 2008ން 2012ށް ރައީސް ނަޝީދުގެ ވެރިކަމުގައި 11.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު، ރައީސް ވަޙީދުގެ ދައުރުގައި ދަރަނި އޮތީ 6.2 ބިލިއަން ރުފިޔާގައެވެ.

Advertisement - newsAdvertisement

މުޅި ދުނިޔޭގެ ތާރީޚުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި ވެސް މިސަރުކާރުން މިހާތަނަށް ރެކޯޑުކޮށްފައިވަނީ 34 ބިލިއަން ރުފިޔާގެ ދަރަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާ ޚިލާފަށް ރައީސް ޔާމީނުގެ ސަރުކާރަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ އިޤްތިޞާދު ވެސް އެންމެ ހަލުވި ދުވެލީގައި ހިނގަމުން ދިޔަ ދުވަސްވަރެވެ.

އެހެން ކަމުން މިސަރުކާރުން ދަރަނީގެ ގޮތުގައި ރެކޯޑު ކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ މިއަހަރުގެ ތެރޭގައި އުނި ވެގެންދާނެއެވެ.

މީގެ އިތުރުން ލޯން އެގްރީމެންޓުގެ ގޮތުގައި ސޮއިކޮށްފައިވާ އަދަދަށް ބަލާއިރު، ރައީސް ޔާމީނުގެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ ކޮންޓްރެކްޓް ކުރެވިފައި ވާއިރު، މިސަރުކާރުގައި ކޮންޓްރެކްޓް ކުރެވިފައި ވަނީ 51.1 ބިލިއަން ރުފިޔާއެވެ.

މިބަޖެޓާއެކު ރާއްޖޭގެ ރައްޔިތުން ފާގަތި މުސްތަޤްބަލަކަށް ގެންގޮސްދިނުމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމާއި، 11،000 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިސަރުކާރުން ހިންގަމުން އައި ގިނަ މަޝްރޫޢުތަކެއް ކޮވިޑުގެ ސަބަބުން ހުއްޓިފައިވީ ނަމަވެސް 2022 ވަނަ އަހަރުގެ ތެރޭގައި އެމަސައްކަތްތައް ނިމިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަލުވި ދުވެލީގައި މި މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ރަނގަޅު ކޮލިޓީގައި މި މަސައްކަތްތައް ނިންމައި، ދިގު މުއްދަތަކަށް ރައްޔިތުންނަށް މީގެ ފައިދާ ކުރާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ހަދާފައިވާ 7،000 ހައުސިންގ ޔުނިޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެތަން ތަޅާލުމަށްފަހު މީހުންނަށް އުޅެވޭނެ ހާލަތަށް އެތަން ގެންނަން ޖެހުނެވެ. މީގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެގޮތަށް ކަންތައްވިޔަ ނުދެއްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
13 އޮކްޓޯބަރު 2025

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2025
ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
02 އޮކްޓޯބަރު 2025

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

02 އޮކްޓޯބަރު 2025
މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް
26 ސެޕްޓެމްބަރު 2025

ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު

26 ސެޕްޓެމްބަރު 2025
ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް